ކ. މާލެ
|
7 މާރޗް 2017 | އަންގާރަ 17:07
ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް" އިންޓާސެޕްޓާސް އަދި 2013 ގައި ޓެސްޓުކުރެވުނު މިސައިލެއް
ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް" އިންޓާސެޕްޓާސް އަދި 2013 ގައި ޓެސްޓުކުރެވުނު މިސައިލެއް
ގޫގުލް
ދެކުނު ކޮރެއާ-އެމެރިކާ
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
 
އުތުރު ކޮރެއާ އިން ވަނީ ހަތަރު ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފައި

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށާފައިވާ ކަމަށް އެމެރިކާ އަސްކަރިއްޔާ އިން ބުނެފިއެވެ.

އެމެރިކާ އިން ދެކުނު ކޮރެއާގައި ގާއިމު ކުރާ، ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް"، (ތާޑް) އަކީ އުތުރު ކޮރެއާގެ ނުރައްކާތަކުން ދެކުނު ކޮރެއާ ސަލާމަތް ކުރުމަށް ގާއިމު ކުރާ ސިސްޓަމެެކެވެ. އެމެރިކާ އިން މިސައިލް ޑިފެންސް ސިސްޓަމެއް ދެކުނު ކޮރެއާގައި ގާއިމު ކުރަން ފެށީ އުތުރު ކޮރެއާ އިން ހަތަރު ބެލިސްޓިކް މިސައިލެއް ލޯންޗް ކުރިތާ އެއް ދުވަސް ފަހުންނެވެ.

އެމެރިކާ އިން އުތުރު ކޮރެއާގައި މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމު ކުރަން އުޅުމުގެ ސަބަބުން އުތުރު ކޮރެއާ، ދެކުނު ކޮރެއާ އަދި ރީޖަނުގެ ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޗައިނާ އިން ދެކޭ ގޮތުގައި ދެކުނު ކޮރެއާގެ އަމަލަކީ މަޑުމަޑުން އެމެރިކާގެ ބާރު، ސަރަހައްދުގައި ގާއިމު ކުރަން އުޅުމެވެ. ދެކުނު ކޮރެއާގެ ބައެއް މީހުން ދެކޭ ގޮތުގައި މިސައިލް ޑިފެންސް ސިސްޓަމަކީ ބައެއްގެ އަމާޒަކަށް ވާނެ ތަނެއް ކަމަށާއި، އޭގެ ސަބަބުން މިލިޓަރީ ސައިޓުތަކުގެ ކައިރީގައި ތިބޭ މީހުންގެ ފުރާނައަށް ނުރައްކާވާނެެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް