ކ. މާލެ
|
31 ޖުލައި 2019 | ބުދަ 08:15
އެކެޓެރީނާ
އެކެޓެރީނާ
ގޫގުލް
އެކެޓެރީނާ
ރަޝިޔާގެ އިންސްޓަގްރާމް މޮޑެލް އެކެޓެރީނާ މަރުވެފައި އޮއްވާ ފެނިއްޖެ
 
އެކަޓެރީނާ އަކީ ހަމުގެ ބަލިތަކުގެ ޑޮކްޓަރެއް

ރަޝިޔާގެ މޮޑެލް އެއްކަމުގައިވާ އެކެޓެރީނާ މަރައިލައިފައި އޮއްވާ ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ މަރާލައިފައި އޮއްވާ ފެނުނީ އޭނާގެ އާއިލާ މީހުން އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ދިޔުމުންނެވެ. މީގެ އިތުރުން މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ މަރާލައިފައި އޮތީ ފޮއްޓަކަށް ލައި ބަންދު ކޮށްގެންނެވެ.

މީގެ އިތުރުން މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެކެޓެރީނާ މަރުގު ތުހުމަތު ކުރެވެނީ އޭނާގެ ލޯބިވެރިޔާއަށެވެ. އެގޮތުން ފުލުހުން ވެސް ވަނީ އޭނާގެ ލޯބިވެރިޔާ އޭނާ އުޅޭ އެޕާޓްމެންޓަށް ވަންނަތަން ފެންނަ ކަމަށް ބުނެފައެވެ. މީގެ އިތުރުން ފުލުހުން ބުނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓުން އެއްވެސް ކަހަލަ ހަތިޔާރެއް ފެންނަން ނެތް ކަމަށެވެ.

މޮސްކޯގެ ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެކަޓެރީނާގެ އިންސްޓަގްރާމްގައި 85،000 ވުރެ ގިނަ މީހުން އޭނާ ފޮލޯ ކުރާއިރު އޭނާ އަކީ އިންސްޓަގްރާމްގައި މަސްހޫރު މޮޑެލްއެކެވެ. މީގެ އިތުރުން އޭނާ އަކީ ހަމުގެ ބަލިތަކުގެ ޑޮކްޓަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
19%
75%
0%
6%
0%
ކޮމެންޓް