ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 08:19
މި ހަމަނުޖެހުން ވަނީ ފަސް ގަޑި އިރަށް ދެމިގެން ގޮސްފައެވެ.
މި ހަމަނުޖެހުން ވަނީ ފަސް ގަޑި އިރަށް ދެމިގެން ގޮސްފައެވެ.
ގޭންގް މާރާމާރި
ބްރެޒިލްގެ ޕާރާގައި ހިނގި ގޭންގް މާރާމާރިއެއްގައި 52 މީހުން މަރުވެއްޖެ
 
ހަމަނުޖެހުން ފެށުމުގެ ގޮތުން ރަހީނު ކުރި ޖަލުގެ ދެ އޮފިޝަލުން ވަނީ ދޫކޮށްލާފަ
 
މަރުވެފައިވާ މީހުންގެ 16 މީހުން މަރާލެވިފާ ވަނީ އެމީހުންގެ ކަރު ބުރިކޮށްލައިގެން

ބްރެޒިލްގެ ޕާރާގެ ޖަލެއްގައި ދެ ގޭންގެއްގެ ދެމެދުގައި ފަސް ގަނޑި އިރަށް ހިނގި މާރާމާރިއެއްގައި 52 މީހުން މަރުވެފައި ވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

އަލްޓަމީރާ ޖަލުގެ އެއް ބްލޮކްގައި ތިބި "ކޮމާންޑޯ ކްލާސް އޭ" ގޭންގްގެ މީހުންވަނީ ޖަލުގެ އެހެން ބްލޮކަކަށް ގޮސް އެ ބްލޮކުގައި ތިބި "ކޮމާންޑީ ވާމެލޯ" ގެ މީހުންނާއެކު އެ ގައުމުގެ ގަޑިން ހެދުނު ހަތެއް ޖެހި އިރު ހަމަނުޖެހުން ފަށާފައެވެ. ހަމަނުޖެހުން ހަމަޔަކަށް އެޅިފައިވަނީ މެންދުރުގެ ވަގުތެއްގައި ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

މަރުވެފައިވާ މީހުންގެ 16 މީހުން މަރާލެވިފާ ވަނީ އެމީހުންގެ ކަރު ބުރިކޮށްލައިގެންނެވެ. ބާކީ ތިބި މީހުން މަރުވެފައިވަނީ ޖަލުގައި ރޯކޮށްލުމުގެ ސަބަބުން ދުމުގެ އަސަރު ކޮށްގެންނެވެ.

ކޮމާންޑޯ ކްލާސް އޭ ގެ މީހުން ރޯކޮށްލި އަލިފާންގަނޑު ފެތުރި އޭގެ އަސަރު ވަނީ ޖަލުގައި ތިބި އެހެން ކުއްވެރީންނަށް ވެސް ކޮށްފައެވެ. މި ހަމަނުޖެހުމުގައި އިސްކޮށް ހަރަކާތްތެރިވި ގޭންގް ލީޑަރުން ހޯދާ އެމީހުން ފެޑަރަލް ޖަލުތަކަށް ބަދަލުކުރާނެ ކަމަށް ބްރެޒިލްގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ހަމަނުޖެހުން ފެށުމުގެ ގޮތުން ރަހީނު ކުރި ޖަލުގެ ދެ އޮފިޝަލުން ވަނީ ދޫކޮށްލާފައެވެ.

މި އަހަރުގެ މޭ މަހު ބްރެޒިލްގެ ހަތަރު ޖަލެއްގައި އެއްދުވަހެއްގެ އެއް ގަޑިއެއްގައި ހިންގި ގޭންގް މާރާމާރި ތަކެއްގައި ވަނީ 40 މީހުން މަރުވެފައެވެ. ގޭންގް މާރާމާރި ތަކަކީ ބްރެޒިލްގައި އާންމު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
63%
0%
0%
13%
25%
0%
ކޮމެންޓް