ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 17:58
ސައުދީ އަރަބިއާގެ ދިދަ
ސައުދީ އަރަބިއާގެ ދިދަ
އަލްޖަޒީރާ
ސައުދީ އަރަބިއްޔާ
ސައުދީ އަރަބިއާގެ ހޮސްޕިޓާލިޓީ ދާއިރާގެ ބައެއް ވަޒީފާތަކުގައި ބިދޭސީންނަށް އުޅުން މަނާ!
 
ބައެއް ވަޒީފާތަކުގައި ސައުދީން އުޅުން މަނާ
 
މިގޮތަށް ނިންމާފައިވަނީ އެ ގައުމުގެ ލޭބާރ މިނިސްޓްރީއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގަ

ސައުދީ އަރަބިއާގެ ހޮސްޕިޓާލިޓީ ދާއިރާގެ ބައެއް ވަޒީފާތަކުގައި އެ ގައުމުގެ ރައްޔިތުންނަށް މަސައްކަތް ނުކުރެވޭގޮތަށް އެ ގައުމުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެ ގައުމުގެ ލޭބާރ މިނިސްޓްރީއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައެވެ.

ރިސޯޓުތަކާއި ތިން ތަރިއަށް ވުރެ މަތީގެ ހޮޓަލްތަކާއި ހަތަރު ތަރިއަށް ވުރެ މަތީގެ ހޮޓަލް އެޕާޓްމެންޓް ތަކުގެ ރިސެޕްޝަން ގެ ވަޒީފާ އިން ފެށިގެން އެންމެ އިސް މެނޭޖްމެންޓް ގެ ވަޒީފާތަށްވެސް އެ ގައުމުގެ ރައްޔިތުންނަށް ނޫނީ މަސައްކަތްނުކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ.

ރެސްޓޯރެންޓް ހޯސްޓާއި ހެލްތް ކްލަބް ސުޕަވައިޒަރ ފަދަ މަގާމުތަކުގައި އެ ގައުމުގެ ރައްޔިތުންނަށް ވަޒީފާ އަދާ ކުރުން ވަނީ މަނާ ކޮށްފައެވެ.

ސައުދީ ސަރުކާރުން މި ގޮތަށް ނިންމާފައިވަނީ 2018 ވަނަ އަހަރު އެ ގައުމުގެ ވަޒީފާ އަދާ ނުކުރާ ރައްޔިތުންގެ އަދަދު 13 އިންސައްތަ އިން މަތިވުމާއި ގުޅިގެންނެވެ.

މިގޮތަށް އުސޫލުތަށް ކަނޑައަޅާފައިވަނީ ބިދޭސީންނަށް އޮންނަ ޑިމާންޑް ކުޑަކުރުމަށާއި އެ ގައުމުގެ ރައްޔިތުންނަށް މި ދާއިރާއިން ވަޒީފާގެ ފުރުސަތު އިތުރަށް މަގުފަހި ކުރުމަށްޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
11%
11%
0%
11%
ކޮމެންޓް
30 ޖުލައި 2019 | އަންގާރަ 13:55
ކީކޭ ބުނާނީ
އެ ގައުމުގެ ރައްޔިތުންނަށް މަސައްކަތް ނުކުރެވޭގޮތަށް ހެލްތް ކްލަބް ސުޕަވައިޒަރ ފަދަ މަގާމުތަކުގައި އެ ގައުމުގެ ރައްޔިތުންނަށް ވަޒީފާ އަދާ ކުރުން ވަނީ މަނާ ކޮށްފައެވެ. ކީކޭ ؟؟؟؟
29 ޖުލައި 2019 | ހޯމަ 20:28
މުރާސިލް
މިރާއްޖޭގަވެސް މިފަދަ ގޮތަކަށް ކަން ކުރާނަމަ ކިހާސަޅި ވާނެ ދޯ