ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 01:18
ހައްޖާޖީން ތަކެއް
ހައްޖާޖީން ތަކެއް
ސައުދީގެޒެޓް
ހައްޖުގެ އަޅުކަން
926،726 ހައްޖާޖިން ސައުދީ އަށް ގޮސްފި
 
ބޯޑަރު ހުރަސްކޮށް 35،148 ހައްޖާޖިން އެތެރެވެފައިވޭ
 
ސްކައުޓް ކުދިން މިއަހަރުވެސް ހަރަކާތްތެރިވާނެ
 
ވެތުވެދިޔަ އަހަރާއި އަޅާބަލާއިރު 11 އިންސައްތަ އިތުރުވެފައި

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުކުރު ދުވަހާ ހަމަޔަށް 926،726 (ނުވަލައްކަ ސައްބިސް ހާސް ހަތް ސަތޭކަ ސައްބީސް) ހައްޖާޖީން ސައުދީއަރަބިއްޔާ އަށް ގޮސްފައިވާ ކަމަށް ސައުދީގެ ޑައިރެކްޓަރ ޖެނެރަލް އޮފް ޕާސްޕޯޓް އޮފީހުން ބުނެފިއެވެ.

އޭގެ ތެރެއިން 881،229 ( އަށް ލައްކަ އަށްޑިހަ އެއްހާސް ދުއިސައްތަ ނަވާވީސް) ހައްޖާޖިން އެތެރެވެފައިވަނީ ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓު އާއި މަދީނާގެ ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެއްގަމާއި ކަނޑުގެ މަގުންވެސް ވެސް ބައެއް ހައްޖާޖިން ވަނީ އެތެރެވެފައެވެ. ޕާސްޕޯޓު އޮފީހުން އަންދާޒާ ކޮށްފައިވާ ގޮތުން ސައުދީ ބޯޑަރު ހުރަސްކޮށް 35،148( ތިރީސްފަސްހާސް ސަތޭކަ ސާޅީސްއަށް) ހާއްޖާޖީން އެތެރެވިއެވެ. އަދި ކަނޑުމަގުން 10،349 ( ދިހަހާސް ތިންސަތޭކަ ތިންސަތޭކަ ސާޅިސްނުވަ) ހައްޖާޖިން އެތެރެވެފައިވެއެވެ.

މިހާތަނަށް އެތެރެވެފައިވާ މީހުންގެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ ހައްޖު މޫސުމާއި އަޅާއި ބަލާއިރު 11 އިންސައްތަ އިތުރު އަދަދެއް ކަމަށް ސައުދީ ސަރުކާރުން ބުންޏެވެ. އެގޮތުން ކުރީ އަހަރުގެ މި ދުވަސްވަރާ އަޅާއިބަލާއިރު މި އަހަރު 90،000 (ނުވަދިހަ ހާސް) މީހުން އިތުރުވެފައިވެއެވެ.

ފާއިތުވި 10 އަހަރު މެދުނުކެނޑި ހައްޖުގެ އަޅުކަން އަދާކުރަމަށް އަންނަ ފަރާތްތަކަށް އެހީވެދިނުމުގެ ގޮތުން ހައްޖު ޓާމިނަލް ގައި ހަރަކާތްތެރިވާ ޖިއްދާގެ ޑިޕާޓްމެންޓް އޮފް އެޑިއުކޭޝަންގެ ސްކައުޓް ކުދިން މިއަހަރުވެސް ހަރަކާތްތެރިވާނެއެވެ.

އެގޮތުން މުސްކުޅިންނަށާއި، ބަލިމީހުންގެ އިތުރުން ކުޑަކުދިންގެ ޕާސްޕޯޓު ކަންތައްތަކުގައި އެހީވުމާއި، އެމީހުން މައްކާ އަށާއި މަދީނާ އަށް ދަތުރުކުރާ ބަސްތަކަށް ގެންދިނުމުގައި ސްކައުޓުން އެހީތެރިވެދޭނެއެވެ.

ޒަމްޒަމް ފެނުގެ އިތުރުން ކަދުރުވެސް އެ ކުދިން ފޯރުކޮށްދޭނެއެވެ. އޭގެ އިތުރުން އަރަބި ގައުމުތަކުން ހައްޖަށްދާ ފަރާތްތަކުގެ ކަންތައްތައް ބެލެހެއްޓުމަށް 349 އަންހެނަކު ވަނީ ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
67%
0%
0%
33%
0%
0%
ކޮމެންޓް