ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 01:17
ޖޭޑަން އޭނާގެ މަންމައާ އެކު
މިރަރ.ކޯ.ޔޫކޭ
ފޯޓްނައިޓް
ފޯޓްނައިޓް ކުޅެގެން 15 އަހަރުގެ ކުއްޖަކު މިލިއަނަރަކަށް
 
ދެވަނައަށް ދިޔައީ އެއްވެސް މެޗަކުން މޮޅު ނުވެ
 
މުބާރާތުން ދިޔައީ ދެވަނައަށް
 
ޖުމްލަ 1.13 މިލިއަން ޑޮލަރު ލިބިފައިވޭ

ފޯޓްނައިޓް ވޯލްޑް ކަޕްގެ ޓީމް އިވެންޓުގައި ދެވަނައަށް އައި އިނގިރޭސިވިލާތުގެ 15 އަހަރުގެ ކުއްޖަކަށް އިނާމެއްގެ ގޮތުގައި 1.13 މިލިއަން ޑޮލަރު ލިބިއްޖެއެވެ.

ޖޭޑަން އޭޝްމަން ނަމަކަށް ކިޔުނު ކުއްޖާ މުބާރާތުގައި ވާދަކުރީ ނެދަރލެންޑްސްގެ ޑޭވް ޖޮންގ (ރޯހޯ) އާއި އެކުގައެވެ. "ވުލްފީޒް" ގެ ނަމުގައި ކުޅޭ ޖޭޑަން އަކީ މި މުބާރާތުގެ ކުރިން ގޭމިންގ ދުނިޔޭގައި އެހާ މަޝްހޫރު ކުޅުންތެރިއެއް ނޫނެވެ.

މި މުބާރާތުގައި ބައިވެރިވީ ހުރިހާ ކުޅުންތެރިންނަށް ވެސް، އެންމެ މަދުވެގެން 50000 ޑޮލަރުގެ އިނާމެއް ލިބޭނެއެވެ. ޖުމްލަ 49 ޓީމަކުން ބައިވެރިވީ އިރު، މުބާރާތުގެ ވަނަތައް ހޮވީ ޕޮއިންޓް ސިސްޓަމަށް ބަލައިގެންނެވެ. ކޮންމެ ޓީމަކުން ވެސް ހަ މެޗުގައި ބައިވެރިވެފައިވެއެވެ.

ޖޭޑަންގެ ޓީމަށް 47 ޕޮއިންޓް ލިބުނު އިރު، އެއްވަނައަށް ދިޔަ ޓީމަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. އެ ޓީމަށް އިނާމަކަށް 3 މިލިއަން ޑޮލަރު (ކޮންމެ ކުޅުންތެރިޔަކަށް 1.5 މިލިއަން ޑޮލަރު) ލިބިފައިވެއެވެ. ޖޭޑަންގެ ޓީމުން މުބާރާތުގެ އެންމެ މެޗަކުން ވެސް މޮޅުވެފައި ނުވާއިރު، ޕޮއިންޓް ލިބުނީ އެއްވަރެއްގައި ހުރިހާ މެޗެއްގައި ވެސް އެއް ލެވަލްއެއްގައި ކުޅުން ދަމަހައްޓައިގެންނެވެ.

މި މުބާރާތަށް ކޮލިފައިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 49 މިލިއަން ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ފައިނަލް އިވެންޓަށް ދަތުރުކޮށްފައިވަނީ އެންމެ 197 ކުޅުންތެރިންނެވެ. ފައިނަލް ކުޅެފައިވަނީ ނިއު ޔޯކުގެ އަރތަރ އޭޝް ސްޓޭޑިއަމްގައެވެ.

މުބާރާތުގައި ޖުމްލަ އިނާމު ފައިސާގެ ގޮތުގައި 30 މިލިއަން ޑޮލަރު ފޯޓްނައިޓް އުފައްދާ އެޕިކް ގޭމްސްއިން ހުށައަޅާފައިވެއެވެ. މި މުބާރާތުގެ ސޯލޯ އިވެންޓް ވެސް ކުރިޔަށްދާ އިރު، އެ މުބާރާތުން މޮޅުވާ ފަރާތަކަށް ވެސް 3 މިލިއަން ޑޮލަރު ހުށައަޅާފައިވެއެވެ.

Advertisement
66%
14%
0%
4%
10%
6%
ކޮމެންޓް