ކ. މާލެ
|
7 މާރޗް 2017 | އަންގާރަ 02:55
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބުޖަހަނީ
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބުޖަހަނީ
ގޫގުލް
އިރާގު
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
 
އިރާގު އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނުގައި މޫސަލްގެ އެއާޕޯޓު އަސްކަރިއްޔާގެ އަތް ދަށަށް ދާދިފަހުން ވަނީ ގެނެސްފައި

އިރާގުގެ ސަރުކާރު ސިފައިން މޫސަލްގެ ޓިގްރިސް ކޯރުމަތިން އަޅާފައިވާ އަލް ހުއްރިއްޔާ ބްރިޖް ހިފައިފިއެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތްދަށުން މޫސަލް އަތުލުމަށް އިރާގު ސިފައިން އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި، ހުއްރިއްޔާ ބްރިޖް އަސްކަރިއްޔާގެ ކޮންޓްރޯލްގެ އަތްދަށަށް ގެނައުމުން އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ފަސް ބްރިޖްގެތެރެއިން ދެ ބްރިޖް އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް އައީއެވެ.

ހުއްރިއްޔާ ބްރިޖް އިރާގު އަސްކަރިއްޔާގެ ކޮންޓްރޯލްގެ އަތްދަށަށް ގެނައީ، ހުޅަނގު މޫސަލްގައި އިރާގުގެ އަސްކަރިއްޔާގެ އޮޕަރޭޝަން ވަރުގަދަ ކުރުމާއިއެކުގައެވެ.

ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރުމަށްފަހު އައިއެސްެގެ އަތްދަށުން އިރާގު ސިފައިން ވަނީ އިރުމަތީ މޫސަލް، މިދިޔަ ޖެނުއަރީގައި މިނިވަންކޮށްފައެވެ.

އައިއެސް، އިރާގުގެ މޫސަލްގެ ހުޅަނގުން ފައްސާލުމަށްޓަކައި އިރާގު އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނުގައި މޫސަލްގެ އެއާޕޯޓު އަސްކަރިއްޔާގެ އަތް ދަށަށް ދާދިފަހުން ވަނީ ގެނެސްފައެވެ.

މޫސަލް އަކީ އައިއެސްގެ ކޮންޓްރޯލް އަޮތް އެންމެ ފަހު އިރާގުގެ ސަރަހައްދެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް