ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 00:08
ފްރާންސްގެ ރައީސް އެމަނުއެއެލް މެކްރޮން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ފްރާންސްގެ ރައީސް އެމަނުއެއެލް މެކްރޮން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ބީބީސީ
އެމެރިކާ - ފަރަންސޭސްވިލާތް
ޓެކްނޮލޮޖީ ކުންފުނިތަކުން ޓެކްސް ނަގަން އުޅުމުން ޓްރަމްޕްގެ ހިތްހަމަނުޖެހުން ފްރާންސަށް
 
ޑިޖިޓަލް ޓެކްސް ގާނޫނު ފަރަންސޭސްވިލާތުން ފާސްކުރީ މިދިޔަ ހަފުތާގެ ތެރޭގައި
 
ޓްރަމްޕް ވަނީ ފަރަންސޭސްވިލާތުގައި އުފައްދާ ވައިން ޓެކްސް ކުރާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ
 
ޓެކްސް ނަގަން ނިންމީ ފަރަންސޭސްވިލާތަށް އެއްވެސް ޓެކްސްއެއް ނުދައްކާކަމަށް ބުނެ

ޑިޖިޓަލް ސާވިސަސް ޓެކްސްގެ ނަމުގައި ބައިނަލްއަގްވާމީ ޓެކްނޮލިޖީ ކުންފިނިތަކުން ޓެކްސް ނެގުމަށް ފަރަންސޭސްވިލާތުން ނިންމުމާއި ގުޅިގެން ޑޮނަލްޑް ޓްރަމްޕް ރުޅިދުރުވެއްޖެއެވެ.

ފަރަންސޭސްވިލާތުން މި ޓެކްސް ނަގަން ނިންމީ، މިފަދަ ކުންފުނިތަކުން އެއްވެސް ޓެކްސްއެއް ނުދައްކާކަމަށް ބުނެއެވެ.

މިކަމާ ހިތްހަމްނުޖެހިވަޑައިގެން ހުކުރު ދުވަހުގެ ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިކަމުގެ އެންމެ ނޭދެވޭ އަސަރުކުރާނީ އެމެރިކާގެ ކުންފުނިތަކަށް އެކަނި ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އެއްވެސް ގައުމަކަށް އެކުންފުނިތަކުން ޓެކްސް ދައްކާނަމަ އެގައުމަކަށް ވާންޖެހޭނީ އެމެރިކާ ކަމަށެވެ.

ފަރަންސޭސީ ރައީސްގެ "މޮޔަ" އަމަލުތަކުގެ ބަދަލުހިތްޕަވާނެ ކަމަށް ވިދާޅުވަމުން ޓްރަމްޕް ވަނީ ފަރަންސޭސްވިލާތުގައި އުފައްދާ ވައިންގެ ބާވަތްތަކުން ޓެކްސް ނަގާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. "އަބަދުވެސް އެމެރިކާގައި އުފައްދާ ވައިން ފަރަންސޭސްވިލާތުގެ ވައިންއަށް ވުރެން މާ ރަނގަޅުކަމަށް އަބަދުވެސް ބުނަން" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވާހަކަފުޅަށް ރައްދުދެއްވަމުން ފަރަންސޭސީ ފިނޭންސް މިނިސްޓަރު ބްރޫނޯ ލެ މެއަރ ވިދާޅުވީ، ޓެކްސް ނެގުމައިގެން ކުރިޔަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ޓްރަމްޕް އަދި ރައީސް މެކްރޯން ވެސް، ޓެކްނޮލޮޖީ ކުންފުނިތަކުން ޓެކްސް ނެގުމުގެ ބައިނަލްއަގްވާމީ އެއްބަސްވުމަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ފަރަންސޭސްވިލާތުގެ ރައީސްގެ އޮފީހުން ބުނެފައިވެއެވެ.

ފަރަންސޭސްވިލާތުގެ ޑިޖިޓަލް ޓެކްސް ގާނޫނޫ އެގައުމުގެ ސެނެޓުން ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގައެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން އެ ގާނޫނޫ ފާސްކުރީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެގާނޫނުގެ ދަށުން 25 މިލިއަން ޔޫރޯއަށް ވުރެ އިތުރަށް ފަރަންސޭސްވިލާތުން އާމްދަނީ ހޯދާ ހުރިހާ ޓެކްނޮލޮޖީ ކުންފުނިތަކަކުން ވެސް ޓެކްސް ދައްކަން ޖެހޭނެއެވެ.

މިޓެކްސް ނަގަން ފެށުމުން މިއަހަރުގެ ތެރޭގައި އެކަނިވެސް 400 މިލިއަން ޔޫރޯގެ ޓެކްސް އާމްދަނީއެއް ލިބޭނެ ކަމަށް ފަރަންސޭސްވިލާތުން އަންދާޒާ ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް