ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 11:17
އެ ޕާޓީއާއެކު އިއްތިހާދު ހަދާފައިވަނީ ދިހަ ޕާޓީއަކުން
އެ ޕާޓީއާއެކު އިއްތިހާދު ހަދާފައިވަނީ ދިހަ ޕާޓީއަކުން
މަހިންދަ ރާޖަޕަކްސަ
މަހިންދަ ރާޖަޕަކްސަގެ ޕާޓީއާއެކު އިދިކޮޅު ގިނަ ޕާޓީތަކުން އިއްތިހާދު ހަދައިފި
 
މިއަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓަކާމެދު ސްރީލަންކާ ފްރީޑަމް ޕާޓީން އަދި ގޮތެއް ނިންމާފައެއް ނުވޭ
 
ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީއާވެސް ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީން ދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން
 
ސިޔާސީ ގިނަ ޕާޓީތައް ހިމެނޭ އިއްތިހާދެއް ހަދައިގެން ރިޔާސީ އިންތިޚާބަށް ނުކުތުމަކީ މަހިންދަ ރާޖަޕަކްސަ ބޭނުންފުޅުވާ ގޮތް

ސްރީލަންކާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސިޔާސީ ޕާޓީ ކަމުގައިވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއާއެކު، އެގައުމުގެ ގިނަ ސިޔާސީ ޕާޓީތަކަކުން އިއްތިހާދު ހަދައިފިއެވެ.

މަހިންދަ ރާޖަޕަކްސަގެ ޕާޓީއާއެކު އިދިކޮޅު އިއްތިހާދެއް ހެދުމަށް، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ދިހަ ޕާޓީއަކުން ހުކުރު ދުވަހު ވަނީ، އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ ޕާޓީއާއެކު އިއްތިހާދު ހަދާފައިވަނީ ދަ މައުބިމާ ޖަނާތާ ޕާޓީ، ދަ ލަންކާ ވޯރކާސް ޔުނައިޓެޑް ފްރަންޓް، ދަ ޓެމިލް ޔުނައިޓެޑް ފްރީޑަމް ފްރަންޓް، ދަ އީލަވާ ޑިމޮކްރަޓިކް ޕާޓީ، ދަ ލިބަރަލް ޕާޓީ އާއި ދަ ނަވަ ސިންހަލަ އުރުމަޔަ، ދަ ޑިމޮކްރަޓިކް ނޭޝަނަލް މޫވްމަންޓް އާއި ދަ އެކްސަތު ލަންކާ މަހާ ސަބާވާ އާއި ދަ މުސްލިމް އުލަމާ ޕާޓީ އަދި ދަ ބޫމި ޕުތުރާ ޕާޓީއެވެ.

ސިޔާސީ ގިނަ ޕާޓީތައް ހިމެނޭ އިއްތިހާދެއް ހަދައިގެން ރިޔާސީ އިންތިޚާބަށް ނުކުތުމަކީ މަހިންދަ ރާޖަޕަކްސަ ބޭނުންފުޅުވާ ގޮތެވެ. ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީއާވެސް ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީން ދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

ސްރީލަންކާ ފްރީޑަމް ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ތިލަންގަ ސުމަތިޕާލަ ވިދާޅުވި ގޮތުގައި ދެ ފަރާތުގެ ދެމެދުގައި ކުރެމުންދާ މަޝްވަރާތަކުގައި، ދެ ޕާޓީއަށް ވެސް ފައިދާވާނެ މުހިންމު ސިޔާސަތުތަކާމެދު އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ. ނަމަވެސް، މިއަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓަކާމެދު ސްރީލަންކާ ފްރީޑަމް ޕާޓީން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ސިރިސޭނާ ވެސް އަދި އެކަމާއިމެދު ގޮތެއް ނިންމަވާފައި ނުވާ ކަމަށާ މި ދަނޑިވަޅަކީ އެމަނިކުފާނާއި، މަހިންދަ ރާޖަޕަކްސައާ ދެމެދު މިފަދަ މަޝްވަރާތަކެއް ބާއްވަން އެންމެ އެކަށޭނަ ދަނޑިވަޅު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް