ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 08:32
ޓެކްސަސްގެ ޑެތްރޯ ޗެމްބާރ
ޓެކްސަސްގެ ޑެތްރޯ ޗެމްބާރ
ބީބީސީ
އެމެރިކާ
އެމެރިކާގައި މަރުގެ އަދަބު ދޭން ފަށަނީ
 
އެމެރިކާއިން މަރުގެ ހުކުމް އަލުން ތަންފީޒު ކުރުމަށް ފަށަން ނިންމާފައިވަނީ 16 އަހަރު ފަހުން

2013 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގައި މަރުގެ އަދަބު ދޭން ނިންމައިފިއެވެ.

އެގޮތުން އެ ގައުމުން ވަނީ މަރުގެ ހުކުމް އިއްވާފައިވާ ފަސް މީހެއްގެ އަދަބު ތަންފީޒް ކުރަން ނިންމައިފައެވެ. އަދަބު ތަންފީޒް ކުރާ ފަސް ގައިދީންނަކީ މީހުން މެރުމާއި ކުޑަކުދިންނާއި ބޮޑެތި މީހުން ރޭޕްކޮށްގެން ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ މީހުންނެވެ.

އެމެރިކާގައި މަރުގެ އަދަބު ދޭން ނިންމާފައިވާއިރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ޑިމޮކްރެޓުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން އެގައުމުގެ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނަވާ ބައެއް ކެންޑިޑޭޓުން ވަނީ އަދަބު ތަންފީޒުކުރުން އުވާލުމަށް ގޮވާލާފައެވެ.

އެމެރިކާގެ 29 ސްޓޭޓުގައި މިހާރު ވެސް މަރުގެ އަދަބު ދެމުންދެއެވެ. އެންމެ ގިނަ މީހުންނަށް މަރުގެ އަދަބު ދީފައި ވަނީ ޓެކްސަސްގައި ކަމަށްވާއިރު އެ ސްޓޭޓުން ވަނީ 561 މީހަކަށް މަރުގެ އަދަބު ދީފައެވެ.

އެމެރިކާއިން މަރުގެ ހުކުމް އަލުން ތަންފީޒު ކުރުމަށް ފަށަން ނިންމާފައިވަނީ 16 އަހަރު ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
14%
86%
0%
0%
0%
0%
ކޮމެންޓް
27 ޖުލައި 2019 | ހޮނިހިރު 22:27
ސްޓޭޓުން
ވަރަށްއުފާވެއްޖެ! ރާއްޖޭގަވެސް ދޭންފަށާއިރަށް ހިއްހަމަޖެހިލައިގެން މަގުމަތީގަ ދަރިންގޮވައިގެން ފޯން އަތްދަބަސް ފުރާ ފައިސާހިފައިގެންވެސް އުޅެލެވިދާނެ!
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި