ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 08:30
އިންޑިއާގެ ފަޅުވެރިންނާއި އިންޑިއާގެ ދެ ޑިޕްލޮމެޓުން
އިންޑިއާގެ ފަޅުވެރިންނާއި އިންޑިއާގެ ދެ ޑިޕްލޮމެޓުން
ސަން އޮންލައިން
އިންޑިއާ
އީރާނުން ހިފެހެއްޓި ޔޫއޭއީގެ ތެޔޮ ޓޭންކަރުގެ އިންޑިއާ ފަޅުވެރިންތަކެއް މިނިވަންކޮށްފި
 
އިންޑިއާގެ 12 ފަޅުވެރިންގެ ތެރެއިން ނުވަ ފަޅުވެރިއެއް ވަނީ މިނިވަންކޮށްފަ

އީރާނުން ހިފެހެއްޓި ޔޫއޭއީގެ ތެޔޮ ޓޭންކަރުގެ އިންޑިއާގެ 12 ފަޅުވެރިންގެ ތެރެއިން ނުވަ ފަޅުވެރިއެއް މިނިވަން ކޮށްފިއެވެ.

މި ތެޔޮ ޓޭންކަރު އީރާނުން ހިފަހައްޓާފައިވަނީ ޖުލައިމަހުގެ ކުރީކޮޅު ގަލްފުގެ ހުރްޒުމް ކަނޑުއޮޅި ކައިރިން ދަތުރު ކުރަނިކޮށެވެ.

އީރާނުން ދެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައިވާއިރު ޔޫއޭއީގެ ތެޔޮޓޭންކަރު "ރިޔާޙް" އާއި އިނގިރޭސި ތެޔޮ ޓޭންކަރު "ސްޓެނާ އިންޕޭރޯ" ގައި ޖުމްލަ 30 އިންޑިއާ ފަޅުވެރިން ތިއްބެވެ.

މި ނުވަ ފަޅުވެރިން މިނިވަންކުރީ އިންޑިއާއާއި އީރާނުގެ އިސްވެރިންނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އީރާނުން އެ ފަޅުވެރިން މިނިވަން ކުރާނެ ކަމުގެ ޔަގީންކަން ދީފައިވަނިކޮށެވެ. .

"ރިޔާޙް"ގެ އިންޑިޔާ ތިން ފަޅުވެރިންނާއި "ސްޓެނާ އިންޕޭރޯ" ގެ 23 ފަޅުވެރިންގެ ތެރޭގައި ހިމެނޭ އިންޑިއާގެ 18 ފަޅުވެރިން އަދި ވެސް ވަނީ އީރާނުގެ ބެލުމުގެ ދަށުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް