ކ. މާލެ
|
24 ޖުލައި 2019 | ބުދަ 14:46
ރަޝިއާ އާއި ޗައިނާ ގުޅިގެން ކުރިއަށްގެންދިޔަ ވައިގެ ޕެޓްރޯލްތަކުގެ ތެރެއިން
ރަޝިއާ އާއި ޗައިނާ ގުޅިގެން ކުރިއަށްގެންދިޔަ ވައިގެ ޕެޓްރޯލްތަކުގެ ތެރެއިން
ބީބީސީ
ރަޝިއާ-ދެކުނު ކޮރިއާ
ރަޝިއާ އާއި ޗައިނާ ގުޅިގެން ކުރިއަށްގެންދިޔަ ވައިގެ ޕެޓްރޯލްތަކަށް ޖަޕާން އާއި ދެކުނު ކޮރިއާގެ ނުރުހުން
 
މީ ކޮރިއާ އާއި ރަޝިއާ އާއި ދެެމެދު މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރު
 
ރަޝިއާއިން ވަނީ މިކަންތައްތައް ދޮގުކޮށްފައި
 
ރިއާއިން ބުނީ ރަޝިއާގެ A-50ގެ ހަނގުރާމަމަތީ ފުލައިޓް ދެފަހަރެއްގެ މަތިން ކޮރިއާގެ ރަށްތައް ކައިރިން ފެނިފައިވާކަމަށް

ރަޝިއާ އާއި ޗައިނާ ގުޅިގެން ޖަޕާން ކަނޑާއި ޗައިނާގެ އިރުމަތީ ކަނޑުގެ ވައިގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ވައިގެ ޕެޓްރޯލްތަކަށް ޖަޕާން އާއި ދެކުނު ކޮރިއާއިން ނުރުހުން ފާޅުކޮށް, ރައްދުދީފިއެވެ.

ދެކުނު ކޮރިއާއިން ވަނީ އަންގާރަ ދުވަހު އެގައުމުގެ ވައިގެ ސަރަހައްދަށް ރަޝިއާ އަދި ޗައިނާގެ ހަނގުރާމަމަތީ ޖެޓުތައް ވަނުމުން އެގައުމުގެ ހަނގުރާމަ މަތީ ޖެޓު އަދި މެޝިނަގަން ބޭނުންކޮށްގެން އިންޒާރެއްގެގޮތުން ބަޑި ޖަހާފައެވެ. ކޮރިއާއިން ބުނީ ރަޝިއާގެ A-50ގެ ހަނގުރާމަމަތީ ފުލައިޓް ދެފަހަރެއްގެ މަތިން ކޮރިއާގެ ރަށްތައް ކައިރިން ފެނިފައިވާކަމަށެވެ.

ރަޝިއާއިން މިކަންތައްތައް ދޮގު ކޮށްފައިވާއިރު ޖަޕާނުން ވަނީ މި ހަމަލާތަކާ ގުޅިގެން ރަޝިއާ އަދި ކޮރިއާއަށް ހިންހަމަނުޖެހުން ފާޅުކޮށްފައެވެ. މި ހަމަލާތައް ހިނގާފައިވަނީ ކޮރިއާ އަދި ޖަޕާންގެ ހިއްސާއޮންނަ ތަކެޝީމާ ރަށްތަކުގެ މަތީގައެވެ.

މި އީ ރަޝިއާ އާއި ޗައިނާއިން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ވައިގެ ޕެޓްރޯލް ކަމުގައި ވިއަސް މި ދެގައުމުން ވަނީ މީގެ ކުރިންވެސް މި ސަރަހައްދުގައި ވައިގެ ޕެޓް ރޯލްތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މީ ކޮރިއާ އާއި ރަޝިއާ އާއި ދެެމެދު މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
75%
0%
0%
0%
0%
ކޮމެންޓް