ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 21:20
އުޅަނދު އުދުއްސާލި މަންޒަރު އެތައް މިލިއަން ބަޔަކު ޓީވީ މެދުވެރިކޮށް ވަގުތުން ބަލާފައިވޭ
އުޅަނދު އުދުއްސާލި މަންޒަރު އެތައް މިލިއަން ބަޔަކު ޓީވީ މެދުވެރިކޮށް ވަގުތުން ބަލާފައިވޭ
ބީބީސީ
ޗަންދްރަޔަން-2
އިންޑިއާގެ ޖައްވީ އުޅަނދު، ޗަންދްރަޔަން 2 ޖައްވަށް ފޮނުވާލައިފި
 
މި މިޝަން ކާމިޔާބުވެއްޖެ ނަމަ އިންޑިއާ ވެގެންދާނީ ހަނދުގައި އުޅނދެއް ޖައްސާ ހަތަރުވަނަ ގައުމަށް
 
މި މިޝަންއަކީ 150 މިލިއަން އެމެރިކާ ޑޮލަރުގެ މިޝަންއެއް

އިންޑިއާއިން ހަނދުގެ މިޝަންއަކަށް ޖައްވަށް ފޮނުވާ ދެވަނަ އުޅަނދު ޗަންދަރަޔަން 2 ޖައްވަށް ފޮނުވާލައިފިއެވެ.

ޗަންދްރަޔަން-2 ޖައްވަށް ފޮނުވާލާފައިވަނީ ހޯމަ ދުވަހު އިންޑިއާގެ ގަޑިން 14:43 ގައެވެ. އުޅަނދު ޖައްވަށް ފޮނުވާލި މަންޒަރު ޓީވީން ވަގުތުން ބްރޯޑްކާސްޓްކޮށްފައިވާއިރު ޖައްވީ އިދާރާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަގުތުން ދުރަށް ދައްކާފައިވެއެވެ.

އިންޑިއާގެ އިރުމަތީ އައްސޭރިފަށުގައި ހުންނަ ސްރިހަރިކޯޓާ ސްޕޭސް ސްޓޭޝަނުން މި އުޅަނދު އުދުއްސާލާފައި ވަނީ، މި މަހުގެ 15 ވަނަ ދުވަހު އުޅަނަދު އުދުއްސާލަން ގަޑިއިރަކަށްވުރެ ކުޑަތަންވެފައިވަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އުދުއްސާލުން ފަސްކުރުމަށްފަހުއެވެ.

އިންޑިއާގެ ޖައްވީ އިދާރާއިން އޭރު ބުނެފައިވަނީ އުޅަނދު ފޮނުވާލާ ސިސްޓަމަށް ދިމާވި މައްސަލަ ސަމާލުކަމަށް އައުމުން ކައުންޓްޑައުން ހުއްޓާލީ އުދުއްސާލަން 56 މިނިޓަށް ވެފައިވަނިކޮށް ކަމަށެވެ.

އިންޑިއާއިން އުއްމީދުކުރާގޮތުގައި 150 މިލިއަން އެމެރިކާ ޑޮލަރުގެ މިޝަން، ޗަންދްރަޔަން-2 ވެގެންދާނީ ހަނދުގެ ދެކުނު ތަނޑީގައި ޖައްސާ ފުރަތަމަ އުޅަނދަށެވެ.

މި އުޅަނދުގެ މަސައްކަތަކަށްވާނީ ހަނދުގައި ފެނާއި މައުދަން ހުރިތޯ ބެލުމާއި ހަނދަށް އަންނަ ލޮޅުންތައް ބެލުންފަދަ ކަންކަމެވެ.

ދުނިޔޭގެ އޯބިޓަށް އުޅަނދު ވަދެފައިވާއިރު ހަނދުގެ އޯބިޓަށް އުޅަނދު ވަނުމުގެ ކުރިން ދުނިޔޭގެ އޯބިޓުގައި 23 ދުވަސް ހޭދަކުރާނެއެވެ.

މި މިޝަން ކާމިޔާބުވެއްޖެނަމަ އިންޑިއާ ވެގެންދާނީ ހަނދުގައި އުޅނދެއް ޖައްސާ ހަތަރުވަނަ ގައުމަށެވެ. މިހާތަނަށް އެކަން ކުރެވިފައިވަނީ އެމެރިކާ، ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރު ރަޝިއާ) އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް