ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 09:28
ސީރިއާ ސަރުކާރު އަދި ރަޝިއާގެ ބޮމުގެ ހަމަލާ ތަކުގައި އިދްލިބް ގައި މަރުވި ސީރިއާ މީހުން އަދަދު ވަނީ 682 ކަށް އަރާފައެވެ.
ސީރިއާ ސަރުކާރު އަދި ރަޝިއާގެ ބޮމުގެ ހަމަލާ ތަކުގައި އިދްލިބް ގައި މަރުވި ސީރިއާ މީހުން އަދަދު ވަނީ 682 ކަށް އަރާފައެވެ.
ޓްވިޓަރ
ސީރިއާ
ސީރިއާ ސަރުކާރުން އިދްލިބަށް ދިން ހަމަލާގައި 11 މީހުން މަރުވެއްޖެ
 
ސީރިއާގެ ނޫސްވެރިއެއް ވެސް މި ހަމަލާގައި ވަނީ މަރުވެފައި
 
ކްފަރޫމާ ގައި ދެ ކުޑަކުދިންނާ އެކު އިތުރު ހަތަރު މީހުން މަރުވެފައިވެއެ
 
މި ހަމަލާގައި އިދްލިބްގެ އުރުމް އަލް-ޖައުޒް އަވަށުގައި ކުޑަކުއްޖަކާއި އެކު ހަ މީހުން މަރުވެފައިވޭ

އާދިއްތަ ދުވަހު ސީރިއާ ސަރުކާރުން އިޑްލިބަށް ދިން ހަމަލާއެއްގައި 11 މީހުން މަރުވެފައިވާކަމަށް ސީރިއަން އޮބްސަވޭޓަރީ ފޮރ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް) އިން ހާމަކޮށްފިއެވެ.

އެސްއޯއެޗްއާރް އިން ބުނީ މި ހަމަލާގައި އިދްލިބްގެ އުރުމް އަލް-ޖައުޒް އަވަށުގައި ކުޑަކުއްޖަކާއި އެކު ހަ މީހުން މަރުވެފައިވާއިރު ކްފަރޫމާ ގައި ދެ ކުޑަކުދިންނާ އެކު އިތުރު ހަތަރު މީހުން މަރުވެފައިވާކަމަށެވެ. އަދި ސީރިއާ ސަރުކާރަށް އެއްބާރުލުންދޭ ރަޝިއާއިން ދިން ހަމަލާއެއްގައި ސީރިއާގެ ނޫސްވެރިއެއް ކަމަށްވާ އަނަސް އަލް ދިޔާބް ވެސް ވަނީ މަރުވެފައެވެ.

ބައްޝާރު އަލް-އައްސަދުގެ ސަރުކާރާއި އޭނާގެ ސަރުކާރަށް އެއްބާރުލުންދޭ ރަޝިއާ އިން ވަނީ އޭޕްރިލް މަހުން ފެށިގެން އިދްލިބަށް ދޭ ހަމަލާތައް އިތުރުކޮށްފައެވެ.

އެސްއޯއެޗްއާރް އިން އިތުރަށް ބުނީ އާދިއްތަ ދުވަހުގެ ހަމަލާއާއެކު ސީރިއާ ސަރުކާރު އަދި ރަޝިއާގެ ބޮމުގެ ހަމަލާ ތަކުގައި އިދްލިބް ގައި މަރުވި ސީރިއާ މީހުން އަދަދު 682 އަށް އަރާފައި ވާކަމަށެވެ. ހަމަ މި މުއްދަތުގެ ތެރޭގައި އިދްލިބްގައި ސީރިއާގެ ހަނގުރާމަވެރި ޖަމާއަތްތަކުން ދިން ހަމަލާތަކުގައި މަރުވެފައިވަނީ ސީރިއާގެ 53 މީހުން ކަމުގައި އެސްއޯއެޗްއާރް އިން ބުނެއެވެ. އަދި 1500 އަށް ވުރެ ގިނަ ދެފަރާތުގެ ހަނގުރާމަވެރިން މި މުއްދަތުގައި މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް