ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 15:10
ނަތަންޔާހޫވަނީ 4،876 ދުވަހު ވެރިކަން ކުރައްވާފައި
ނަތަންޔާހޫވަނީ 4،876 ދުވަހު ވެރިކަން ކުރައްވާފައި
ރޮއިޓަރސް
ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގައި އެންމެ ގިނަ ދުވަހު ވެރިކަންކުރެއްވި ލީޑަރަކަށް ނަތަންޔާހޫ
 
މީގެ ކުރިން މި ރެކޯޑް އޮންނަނީ އިސްރާއީލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގޫރިއަންއަށް
 
ނަތަންޔާހޫވަނީ މި މަހުގެ ކުރީކޮޅު ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައި ފަސްވަނަ ދައުރެއް ހޯއްދަވާފައި

އިސްރާއީލް އުފެއްދެވި ބާނީއަށްވުރެ ގިނަދުވަހު އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވައި އެ ގައުމުގައި އެންމެ ދުވަސްވަންދެން ވެރިކަންކުރެއްވި ބޭފުޅަކަށް މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެވަޑައިގެންފިއެވެ.

ނަތަންޔާހޫވަނީ 4،876 ދުވަހު ވެރިކަން ކުރައްވައި އިސްރާއީލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގޫރިއަންއަށް ވުރެ އެއް ދުވަސް އިތުރަށް ވެރިކަން ކުރައްވާފައެވެ.

ނަތަންޔާހޫވަނީ މި މަހުގެ ކުރީކޮޅު ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައި ފަސްވަނަ ދައުރެއް ހޯއްދަވާފައެވެ. ނަމަވެސް ސަރުކާރެއް އެކުލަވާ ނުލެވުމުން އައު އިންތިޚާބަކަށް ވަނީ ގޮވާލާފައެވެ.

ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލަތަކެއްގެ ދައުވާއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާއިރު އިސްތިއުފާ ދެއްވުމަށްދަނީ ގޮވާލަމުންނެވެ.

ނަތަންޔާހޫވަނީ އެ ތުހުމަތުތަކަކީ ސިޔާސީ ވިސްނުމެއްގައި ކުރާ ދައުވާތަކެއް ކަމަށާއި އެފަދަ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވަމުންނެވެ.

އިސްރާއީލްގެ އެންމެ ހަގު ބޮޑުވަޒީރުގެ ގޮތުގައި އުމުރުފުޅުން 46 އަހަރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ކަމަށް ނަތަންޔާހޫ ފުރަތަމަ ވަޑައިގެންނެވީ 1996 ވަނަ އަހަރުއެވެ.

މީގެ އިތުރުން ނަތަންޔާހޫއަކީ 1948 ވަނަ އަހަރު އިސްރާއީލް އުފެއްދި ފަހުން އެ ބިމަށް އުފަންވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ބޮޑުވަޒީރުކަން ކުރެއްވި ފުރަތަމަ ލީޑަރެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
22 ޖުލައި 2019 | ހޯމަ 14:46
މިނިސްޓަރ
ގިނަފާފަ ކުރަންހުރިވަރަކަށް ނަރަކައިގެ އަޒާބުދިގުވާނެ!
21 ޖުލައި 2019 | އާދީއްތަ 11:35
ޢަހުމަދު
މި ނިއުސްގަ ނަތަންޔާހޫ މީ ހާދަ މާތްމީހެކޭދޯ، މީ ވަރައް ޔާހޫދީ ބަޔަކު ލިޔާލިޔުންތަކެއް