ކ. މާލެ
|
6 މާރޗް 2017 | ހޯމަ 04:26
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން: ސަރުކާރަށް ބޭވަފާތެރިވެ، ދެކުނު ކޮރެއާއަށް ދާ ފަރާތްތަކަށް މީގެ ކުރިން ވަނީ ބޮޑެތި އަދަބުތައް ދީފަ
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން: ސަރުކާރަށް ބޭވަފާތެރިވެ، ދެކުނު ކޮރެއާއަށް ދާ ފަރާތްތަކަށް މީގެ ކުރިން ވަނީ ބޮޑެތި އަދަބުތައް ދީފަ
ގޫގުލް
ދެ ކޮރެއާގެ ކޯޅުން
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
 
އިނާމު ދެނީ ޖާސޫސީ މަޢޫލޫމާތާއި، ހަތިޔާރާއި އެކު ފިލާ މީހުންނަށް
 
އިނާމު ވަނީ 860000 އެމެރިކާ ޑޮލަރަށް ބޮޑުކޮށްފަ

އުތުރު ކޮރެއާގެ ސަރުކާރަށް ބޭވަފަތެރިވެ، އެ ޤައުމުން ފިލައި، ދެކުނު ކޮރެއާއަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ދެކުނު ކޮރެއާއިން ދޭ އިނާމު ހަތަރު ގުނަ ބޮޑުކޮށްފިއެވެ.

ދެކުނު ކޮރެއާއިން ނިންމާފައިވަނީ، އެ ޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ބޭނުން ކުރެވޭ ފަދަ މަޢުލޫމާތާއެކު ބޯޑަރު ހުރަސްކޮށް ދެކުނު ކޮރެއާއަށް އެތެރެވާ އުތުރު ކޮރެއާގެ ރައްޔިތުންނަށް 860،000 އެމެރިކާ ޑޮލަރު ދިނުމަށެވެ.

އުތުރު ކޮރެއާއިން މިގޮތަށް ފިލައިގެން ދެކުނު ކޮރެއާއަށް ދާ ފަރާތްތަކަށް ބޮޑު އިނާމެއް ދިނުމަށް ނިންމާފައިވަނީ، ދެ ކޮރެއާ ދެމެދުގައި މީހުން ސްމަގަލްކުރާ މީހުންންގެ ޚިދުމަތަށް ބޮޑު ޚަރަދެއް ހިނގާތީއެވެ.

މީގެ އިތުރުން، އުތުރު ކޮރެއާއަށް ބޭވަފާތެރިވެ، ހަތިޔާރާއި އެކު ދެކުނު ކޮރެއާގެ ހިމާޔަތަށްދާ އުތުރު ކޮރެއާގެ ސިފައިންނަށްވެސް އެކި އަދަދުން އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަސްކަރީ މަތިންދާ ބޯޓާއި، ޓޭންކު ފަދަ ބަރު ހަތިޔާރުން ފެށިގެން، އާދައިގެ ބަޑި، ފިސްތޯލަ ފަދަ ހަތިޔާރާއި އެކު އުތުރު ކޮރެއާ އާއި ހަވާލުވާ ފަރާތްތަކަށްވެސް އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.

އުތުރު ކޮރެއާއިން ހާމަކޮށްފައިވާ ގޮތުގައި އިނާމު ދިނުމުގައި ބަލާނީ އެމީހަކު ދޭ މައުލޫމާތު، ނުވަތަ އެކުގައި ގެންދާ ހަތިޔާރުގެ ކުޑަ ބޮޑު މިނަށް ބެލުމަށް ފަހުއެވެ.

20 އަހަރަށްފަހު، މި އިނާމު ބޮޑުކުރަން ދެކުނު ކޮރެއާއިން ނިންމާފައިވާއިރު، މި ކަމާއި ގުޅިގެން އުތުރު ކޮރެއާއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް