ކ. މާލެ
|
18 ޖުލައި 2019 | ބުރާސްފަތި 18:47
ހާޝިމް އާބެދީ
ހާޝިމް އާބެދީ
މެންޗެސްޓަރ އެރީނާ
މެންޗެސްޓަރ އެރީނާގައި ބޮމެއް ގޮއްވާލި ސަލްމާން އާބެދީގެ ކޮއްކޮގެ މައްޗަށް 22 މީހުން މެރި ކަމުގެ ދައުވާ!
 
އޭނާގެ މައްޗަށް ކޮށްފައިވާ ދެވަނަ ދައުވާ އަކީ އޭނާގެ ބޭބެއާއި އެއްބައިވެގެން ބޮމުގެ ހަމަލާތައް ދިން ކަމުގެ ދައުވާ
 
ޖާނުންފިދާވެގެން 2017 ވަނަ އަހަރު އޭނާގެ ބޭބެ ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ
 
އާބެދީ ހައްޔަރުކޮށް ބަންދުގައި ބަހައްޓަފައިވަނީ ލިބިޔާއިން

މެންޗެސްޓަރ އެރީނާގައި ބޮމެއް ގޮއްވާލި ސަލްމާން އާބެދީގެ ކޮއްކޮގެ މައްޗަށް އެ ހަމަލާގައި 22 މީހަކު މެރި ކަމުގެ ތުހުމަތު ކޮށްފިއެވެ.

ހާޝިމް އާބެދީ ހައްޔަރުކޮށް ބަންދުގައި ބަހައްޓަފައިވަނީ ލިބިޔާއިންނެވެ. ޖާނުންފިދާވެގެން 2017 ވަނަ އަހަރު އޭނާގެ ބޭބެ ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

22 އަހަރުގެ އަބޭދީ އިނގިރޭސިވިލާތުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން، އިނގިރޭސި ވިލާތުގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އެގައުމަށް އޭނާ އެތެރެ ވީތަނާހެންނެވެ.

ވަކި އެޑްރެހަކަށް ނިސްބަތް ނުވާ އަބޭދީ، ވެސްޓްމިންސްޓަރގެ ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ބަހައްޓާފައި ހުރީ ބަންދުގައެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރެވިފައިވަނީ އިނގިރޭސި ފުލުހުންގެ ވޭނެއްގައެވެ.

އާބެދީގެ އަޑުއެހުމެއް އޮކްސްފޯޑް ކްރައުން ކޯޓުގައި މިއަންނަ ހޯމަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު، އާބެދީގެ ދިފާއުގައި ވަކަލާތު ކުރާ ލޯޔަރު ބުނެފައިވަނީ އޭނާ އެ ދައުވާތަކަށް ޝަރީއަތުގައި އިންކާރު ކުރާނެ ކަމަށެވެ.

މެންޗެސްޓަރއަށް އުފަން އާބެދީގެ މައްޗަށް އަދި އިތުރު ދައުވާއެއް ވެސް ކޮށްފައިވެއެވެ. އެގޮތުން، އޭނާގެ މައްޗަށް ކޮށްފައިވާ ދެވަނަ ދައުވާ އަކީ އޭނާގެ ބޭބެއާއި އެއްބައިވެގެން ބޮމުގެ ހަމަލާތައް ދިން ކަމުގެ ދައުވާއެވެ.

މެންޗެސްޓަރ އެރީނާގައި ދިން މި ހަމަލާގައި ބޮން ގޮއްވާލިއިރާއި ދިމާވެފައިވަނީ، މަޝްހޫރު ލަވަކިއުންތެރިޔާ އަރިއާނާ ގްރާންޑޭގެ ޝޯއެއް ނިންމާލި ދަނޑިވަޅާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް