ކ. މާލެ
|
18 ޖުލައި 2019 | ބުރާސްފަތި 13:20
ރޯކޮށްލި ކަމުގެ ތުހުމަތުގައި ފިރެހެނަކުވަނީ ހައްޔަރުކޮށްފައި
ރޯކޮށްލި ކަމުގެ ތުހުމަތުގައި ފިރެހެނަކުވަނީ ހައްޔަރުކޮށްފައި
ގެޓީ އިމޭޖަސް
ކިޔޯޓޯ އެނިމޭޝަން ސްޓޫޑިއޯ
ރޯކޮށްލިކަމަށް ބެލެވޭ ޖަޕާނުގެ އެނިމޭޝަން ސްޓޫޑިއޯއިން 13 މީހުން މަރުވެެއްޖެ
 
30 މީހަކު އަދިވެސްވަނީ ނުފެނި
 
13 މީހުން މަަރުވެފައިވޭ
 
އަލިފާން ރޯވެފައިވަނީ 10:30 ހާއިރު

ޖަޕާނުގެ ކިޔޯޓޯގެ އެނިމޭޝަން ސްޓޫޑިއޯއެއްގައި ރޯކޮށްލި ކަމަށް ބެލެވޭ ހާދިސާގައި މަރުވި މީހުންގެ އަދަދު މަދުވެގެން 13 އަށް އަރާފައިވާކަމަށް ކުއްލިހާލަތުގައި މަސައްކަތްކުރާ އޮފިޝަލުން ބުނެފިއެވެ.

ފުލުހުން ބުނި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިރެހެނަކުވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ކިޔޯޓޯ އެނިމޭޝަން ކޯ ސްޓޫޑިއޯ ހަލާކުކޮށްލައި އެތަނަށް ކޮންމެވެސް އެއްޗެއް ސްޕްރޭ ކޮށްފައެވެ.

އެ ގައުމުގެ ގައުމީ ޓީވީ އެންއެޗްކޭ ރިޕޯޓްކުރާ ގޮތުގައި 30 މީހަކު އަދިވެސްވަނީ ނުފެނިއެވެ. މިހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ ފިރެހެނަކު ހައްޔަރުކޮށްފައިވާއިރު އޭނާއަށް ލިބިފައިހުރި ޒަޚަމްތަކާއެކު ގެންގޮސްފައިވަނީ ހޮސްޕިޓަލަށެވެ.

ތިން ބުރީގެ އިމާރާތުގައި އަލިފާން ރޯވެފައިވަނީ ކިޔޯޓޯގެ ގަޑިން ބުރާސްފަތި ދުވަހުގެ 10:30 ހާއިރުއެވެ. މީހުން ސަލާމަތްކުރުމާ އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ކިޔޯޓޯ ޕްރިފެކްޗަރަލް ފުލުހުންގެ ތަރުޖަމާނު އޭއެފްޕީއަށް ވިދާޅުވީ ފިރެހެނަކު އެތަނަށް ދިޔާ އެއްޗެއް އުކުމަށްފަހު އޭގައި ރޯކޮށްލީ ކަމަށެވެ. ފުލުހުންނަށް އެތަނުން ވަޅިއެއް ފެނިފައިވާކަމަށްވެސް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެންއެޗްކޭއިން ބުނީ އިމާރާތުގައި އަލިފާން ރޯކުރިއިރު "މަރާ ވައްޓާލާ" އޭ އޭނާ ބުނާ އަޑު އިވޭކަމަށެވެ. އެ ކުންފުންޏާ އޭނާއާ އޮތީ ކޮން ގުޅުމެއްކަމެއް އަދި ސާފެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް