ކ. މާލެ
|
18 ޖުލައި 2019 | ބުރާސްފަތި 00:08
ވެއްޓިފައިވާ އިމާރާތް ކައިރީގައި ރެސްކިއު އޮފިޝަލުން ހަރަކާތްތެރިވަނީ
ވެއްޓިފައިވާ އިމާރާތް ކައިރީގައި ރެސްކިއު އޮފިޝަލުން ހަރަކާތްތެރިވަނީ
ސީ.އެން.އެން
ނައިޖީރިޔާގައި އިމާރާތެއް ވެއްޓުން
ނައިޖީރިޔާގައި އިމާރާތެއް ބިމާ ހަމަވެ 12 މީހަކު މަރުވެއްޖެ
 
މިއީ ނައިޖީރިޔާގައި ބޮޑުވެފައިވާ މައްސަަލައެއް
 
އިތުރު 12 މީހަކު ވަނީ އެ ސަރަހައްދުން ސަލާމަތްކޮށްފައި
 
އިތުރު ހަތަރު މީހަކަށް ޒަހަމްވެގެން އަންނަނީ ފަރުވާދެމުން

ނައިޖީރިޔާގައި "ދަށް ފެންވަރަކަށް" ހަދާފައި ހުރި ތިން ބުރީގެ އިމާރާތެއް ބިމާ ހަމަވެ، 12 މީހަކު މަރުވެއްޖެއެވެ.

އެ ސަރަހައްދުގައި ހުރި ނެޝަނަލް އެމާޖެންސީ މެނޭޖްމަންޓް އެޖެންސީގެ އޮފިޝަލެއް ކަމުގައިވާ ނޫރައްދީން މޫސާ ބުނީ އިތުރު ހަތަރު މީހަކު އެތަނުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަތި އިތުރު ހަތް މީހަކު އެއްވެސް ހާނިކައެއް ނުވެ އެސަރަހައްދުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދީފައިވެއެވެ.

މީގެ ކުރިން ވެސް އެއިމާރާތް ވެއްޓިދާނެ ކަމުގެ ނިޝާންތަކެއް ފެނިފައިވާ ކަމަށާއި، އެތަން އިމާރާތްކޮށްފައި ހުރީ ވަރަށް ދަށް ފެންވަރުގެ ތަކެތި ބޭނުންކޮށްގެން ކަމަށް ވެސް މޫސާ ބުނެފައިވެއެވެ. އިތުރު ތަހުގީގުތަކަށް އެ ސަރަހައްދު މިހާރު ހުރީ އެއްކޮށް ބަންދުކޮށްފައެވެ.

ނައިޖީރިޔާގައި އިމާރާތްތައް ވަރަށް ގިނަގިނައިން ވެއްޓެއެވެ. އެގޮތުން އިމާރާތްކުރުމުގެ ގަވާއިދުތަކަށް ސަމާލުކަން ނުދީ ތަންތަން އިމާރާތް ކުރުމުގެ ސަބަބުން ވެރިރަށް ލާގޯސްއިން އެކަނިވެސް 1000 ވަރަކަށް ބިލްޑިންގ ވެއްޓިދާނެ ކަމުގެ ބިރު އެބައޮތެވެ. ލާގޯސްގައި 20 މިލިއަން މީހުން ދިރިއުޅެއެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް ޕްރައިމަރީ ސްކޫލެއް ހިންގަމުން އައި އިމާރާތެއް ވެއްޓި، 20 ކުޑަކުއްޖަކު މަރުވެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް