ކ. މާލެ
|
18 ޖުލައި 2019 | ބުރާސްފަތި 03:17
ނުރައްކާތެރި ޑްރަގް ލޯރޑް ޔޮއާކިން ގުޒްމާން (އެލް ޗަޕޯ)
ނުރައްކާތެރި ޑްރަގް ލޯރޑް ޔޮއާކިން ގުޒްމާން (އެލް ޗަޕޯ)
އޭބީސީ7ނިއުސް
މެކްސިކޯ ޑްރަގް ލޯރޑް
ޑްރަގް ލޯރޑް "އެލް ޗަޕޯ" އުމުރަށް ޖަލަށް
 
މީގެ ކުރިން މެކްސިކޯގެ ޖަލަކަށް ގުޒްމަން ލާފައިވީ ނަމަވެސް އެ ޖަލުގައިވާ 1.5 ކިލޯމީޓަރުގެ ބިންގަރާހެއް ކޮނެގެން އޭނާ ވަނީ 2016 ވަނަ އަހަރު އެ ޖަލުން ފިލާފަ
 
އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރާ އެންމެ ބޮޑު ސަޕްލަޔަރުން ކަމަށްވާ ސިނަލޯއާ ކާރޓެލް ގެ ކުރީގެ އިސް ވެރިޔާގެ މަގާމުގައި ގުޒްމަން ހުރި
 
ގުޒްމާންގެ މައްޗަށް ކޮށްފައިވަނީ ޑްރަގް ޓްރެފިކިންގ ގެ ދައުވާއެއްގެ އިތުރުން، މަނީ ލޯންޑްރިންގ ގެ ދައުވާއެ

މެކްސިކޯގެ ނުރައްކާތެރި ޑްރަގް ލޯރޑް ޔޮއާކިން ގުޒްމާން (އެލް ޗަޕޯ) މުޅި އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ބްރުކްލިން ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ބްރައަން ކޯގަން ވަނީ އުމުރު ދުވަހުގެ ޖަލުހުކުމުގެ އިތުރުން ގާނޫނުން ލާޒިމްކުރާ 30 އަހަރުގެ ޖަލުހުކުމްވެސް ގުޒްމާންގެ މައްޗަށް އިއްވާފައެވެ. މީގެއިތުރުން އޭނާ 12 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭކަމަށްވެސް ޕްރޮސިކިއުޓަރުންވަނީ ބުނެފައެވެ.

އުމުރުން 62 އަހަރުގެ ގުޒްމަންގެ މައްޗަށް އެކި ފަހަރު މަތިން އެމެރިކާއަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް ސާބިތުވާކަމަށް ހުކުމްކޮށްފައިވަނީ ފެބްރުއަރީމަހުއެވެ. އެގާރަ ހަފްތާގެ ޝަރީއަތަކަށްފަހު އިއްވިފައިވާ އުމުރު ދުވަހުގެ ހުކުމަކީ އިންސާފުވެރި އަދި ޕެރޯލްގެ ފުރުސަތު ނުދެވޭނެ ހުކުމެއްކަމަށް ސަރުކާރުން ބުނެއެވެ.

މީގެ ކުރިން މެކްސިކޯގެ މެކްސިމަމް ސެކިއުރިޓީ ޖަލަކަށް ގުޒްމާން ލާފައިވީ ނަމަވެސް އޭނާ ވަނީ ބަންދުކޮށްފައި ހުރި ޖަލު ގޮޅީގެ އަޑިން 1.5 ކިލޯމީޓަރުގެ ބިންގަރާހެއް ކޮނެގެން، 2016 ވަނަ އަހަރު އެ ޖަލުން ފިލާފައެވެ. ނަމަވެސް ފަހުން އަނެއްކާވެސް އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރާ އެންމެ ބޮޑު ސަޕްލަޔަރުން ކަމަށްވާ ސިނަލޯއާ ކާރޓެލް ގެ ކުރީގެ އިސް ވެރިޔާގެ މަގާމުގައި ހުރި ގުޒްމާން އެމެރިކާގެ ބެލުމުގެ ދަށަށް ފޮނުވާލެވިފައިވަނީ 2017 ވަނަ އަހަރުއެވެ. އޭނާގެ ޝަރީއަތުގައި ހެކިބަސް ދިން މީހުން ބުނެފައިވާ ގޮތުގައި ގުޒްމަން އޭނާގެ ކާރޓެލްއާއި ދުޝްމަނު މީހުންނަށް ވަރަށް އިހާނެތިކޮށް ހިތައި އަނިޔާކޮށް ހަދައެވެ.

ބުދަ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން ގުޒްމާން ބުނެފައިވަނީ އެމެރިކާގައި ގައިދީއެއްގެ ގޮތުގައި ހުރުމުގެ ނަތީޖާއަކަށް ވެފައިވަނީ ކޮންމެ ދުވަހަކު 24 ގަޑި އިރު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބުން ކަމަށެވެ.

ގުޒްމާން މެކްސިކޯގެ ޖަލުން ފުރަތަމަ ފިލީ 2003 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ވަނީ މެކްސިކޯގެ އެންމެ ނުރައްކާތެރި އަދި ނުފޫޒު ގަދަ ޑްރަގް ލޯރޑްއަށް ވެފައެވެ. ގުޒްމާން ވަނީ ތަފާތު ދެ ފަހަރެއްގެ މަތިން ޖަލުން ފިލާފައެވެ. އޭނާގެ ވާހަކައިގެ މައްޗަށް ބައެއް ފިލްމުތައްވެސް ނެރެފައިވެއެވެ.

ގުޒްމަންގެ ވަނަމުގެ މާނައަކީ "ކުރޭ" ކަމަށްވާއިރު، އޭނާ އުފަންވި ފަގީރު އަވަށްކަމަށްވާ ސިނަލޯއާގައި އޭނާއަކީ މަގުބޫލު މީހެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
33%
0%
0%
ކޮމެންޓް