ކ. މާލެ
|
16 ޖުލައި 2019 | އަންގާރަ 09:02
ގެރެތު ބޭލް
ގެޓީ އިމޭޖަސް
ގެރެތު ބޭލް
ބޭލް ހޯދުމަށް ޓޮޓެންހަމުން 60 މިލިއަން ޔޫރޯ ހުށަހަޅަނީ
 
ބޭލް ހޯދުމަށް ޗައިނާގެ ކްލަބަކުންވެސް ވަނީ ހުށަހަޅާފައި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގެރެތު ބޭލް ހޯދުމަށް ޓޮޓެންހަމް ހޮޓްސްޕާއިން 60 މިލިއަން ޔޫރޯ ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މާސާއިން ބުނީ، ފެށޭ ސީޒަނަށް އަމާޒުކޮށް ބޭލް ހޯދުމަށް ޓޮޓެންހަމުން ބޭނުންވާ ކަމަށާއި، އެ ކްލަބުން އޭނާ ހޯދުމަށް 60 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރު ކަމަށެވެ.

ފެށޭ ސީޒަނަށް އަމާޒުކޮށް ބޭލް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އާއި ޕްރިމިއާ ލީގު އަދި ޗައިނާގެ ކްލަބްތައް ހިމެނެއެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު 2022 ގެ ނިޔަލަށް އާކޮށްފައެވެ.

ސައުތުހެމްޕްޓަން އިން 2005 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ބޭލް ވަނީ ޓޮޓެންހަމް ހޮޓްސްޕާއަށް 2007 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެ، އެ ކްލަބުގައި ހަ ސީޒަން ހޭދަކޮށްފައެވެ.

ޓޮޓެންހަމްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ހޯދާފައިވާ ބޭލް ވަނީ އެ ކްލަބަށް ކުޅުނު 203 މެޗުގައި 55 ލަނޑު ކާމިޔާބު ކޮށްފައެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 231 މެޗުގައި 102 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާ އެކު ހަތަރު ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕަ ކަޕް، ތިން ކްލަބް ވޯލްޑް ކަޕް، އެއް ސްޕެނިޝް ލީގު، އެއް ކޮޕަ ޑެލްރޭ އަދި އެއް ސްޕެނިށް ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ.

ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ބޭލް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 77 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާއަކީ ވޭލްސްގެ ގައުމީ ކެޕްޓަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
25%
50%
0%
0%
0%
25%
ކޮމެންޓް