ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 00:20
ޒުވާން އަންހެން ވޮލީ ޓީމު
ޒުވާން އަންހެން ވޮލީ ޓީމު
ސޯޝަލް މީޑިއާ
ވޮލީ ޗެމްޕިއަންޝިޕް
ނިއުޒިލޭންޑް އަތުން ބަލިވި ކަމުގައި ވިޔަސް ޒުވާން އަންހެން ވޮލީ ޓީމަށް ކުރިއެރުމެއް
 
އަމާޒަކީ ތިން އަހަރު ފަހުން ސަރަހައްދުގެ މެޑައްޔެއް
 
ޒުވާން ޓީމު ނެރުނު އެންމެ ރަނގަޅު ނަތީޖާ

ވިއެޓްނާމުގައި މިހާރު ކުރިޔަށްދާ 21 އަހަރުންދަށުގެ ވޮލީ ބޯޅަ ޗެމްޕިއަންޝިޕުގައި ނިއުޒިލޭންޑާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު ނިއުޒިލޭންޑުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓުތައް ނިއުޒިލޭންޑުން ގެންދިޔައީ 25-10، 25،15 އަދި 25-6 ކުންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ޒުވާން ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެސެޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ހޯދި 15 ޕޮއިންޓަކީ ރާއްޖޭގެ ޒުވާން ޓީމެއްގެ ފަރާތުން މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާއެވެ.

މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އަންހެން ޓީމުވަނީ ޖުލައި މަހު 12 ވަނަ ދުވަހު ލަންކާގެ 23 އަހަރުންދަށުގެ ޓީމާއިއެކު އެކުވެރިކަމުގެ މެޗެއްވެސް ކުޅެފައެވެ. މި މެޗުން ރާއްޖެ ބަލިވި ކަމުގައި ވިޔަސް ރާއްޖެއިންވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފައެވެ. މި މެޗުން ރާއްޖެ ބަލިވީ ސިދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ލަންކާއިން ގެން ދިޔައީ 25-9، 25-8، އަދި 25،13 އިންއެވެ.

ޓީމުގެ އެސިސްޓެންޓް ކޯޗު ސޮފްވާން ބުނީ މިޓީމުގައި މުސްތަގުބޮލުގައި ގައުމީ ސީނިއަރ ޓީމަށް ކުޅޭނެ ފެންވަރުގެ ކުޅުންތެރިން ތަކެއް ތިބިކަމަށާއި މި ޓީމަކީ މުޅިން އަލަށް ކުދިންނަގައިގެން އެކުލަވާލި ޓީމެއްކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ވިއެޓްނާމުގައި ކުރިއަށްދާ މި މުބާރާތަށް ޓީމު ދިޔައީ 90 ދުވަހުގެ ފަރިތަކުރުންތަކަކަށް ފަހު ކަމަށެވެ.

މި މުބާރާތުގައި މިހާ ޒުވާން ޓީމެއް ބައިވެރި ކުރުމުގެ މަގްސަދަކީ ސީނިއަރ ގައުމީޓީމަށް ކުޅޭނެ ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް އުފެއްދުންކަމަށާއި އަމާޒަކީ ތިން އަހަރު ފަހުން ސަރަހައްދުގެ މުބާރާތަކުން މެޑައްޔެއް ކާމިޔާބު ކުރުން ކަމަށް ސޮފުވާން އިތުރަށް ބުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
0%
33%
33%
ކޮމެންޓް