ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 20:05
މިނިސްޓަރ ޒަމީރު ލަންކާ އޭވިއޭޝަން މިނިސްޓަރާ ބައްދަލުކުރެއްވުން
މިނިސްޓަރ ޒަމީރު ލަންކާ އޭވިއޭޝަން މިނިސްޓަރާ ބައްދަލުކުރެއްވުން
ޓްވިޓަރ
މޯލްޑިވިއަންގެ ދަތުރުތައް
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
 
ކުރިއަށް އޮތް ހަފްތާތެރޭގައި ލަންކާއަށް ފަށާ ދަތުރުތަކާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރެވޭނެ

ލަންކާ އަށް ދަތުރުތައް މެދުކަނޑާލުމަށް ފަހު އަނެއްކާ ދަތުރު ފެށުމަށް މޯލްޑިވިއަން އިން މަސައްކަތް ފަށައިފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް ފެލިސިޓީސް އަލީ ނަޝާތު ވިދާޅުވީ، ސްރީ ލަންކާއަށް ދަތުރުތައް ފެށުމަށް މަޝްވަރާތައް ކުރެވެމުންދަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ސްރީ ލަންކާގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާ ބައްދަލުކުރައްވާ ކަމަށެވެ.

މޯލްޑިވިއަން އިން ލަންކާ ދަތުރުތައް ފެތުރުމުގައި އަދި ކުރިއަށްދަނީ އެންމެ ފުރަތަމަ މަރުހަލާ ކަމުން ދަތުރުތައް ފެށޭނެ ތާރީހެއް ބުނަން އަދި ނޭނގޭ ކަމަށް ނަޝާތު ވިދާޅުވި އެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރ ޒަމީރުގެ އަރިހުގައި، ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް ހާރިސް ވަނީ ބައިވެރިވެވަޑާއގަންނަވާފަ އެވެ.

މޯލްޑިވިއަން އިން އެންމެ ފަހުން ލަންކާ އަށް ދަތުރުކޮށްފައިވަނީ 2010 ވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް