ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 17:39
ރިޔާސީ އިންތިޚާބަށްފަހު ރައީސް އޮބާމާ ޓްރަމްޕްއާ ބައްދަލުކުރައްވަނީ
ރިޔާސީ އިންތިޚާބަށްފަހު ރައީސް އޮބާމާ ޓްރަމްޕްއާ ބައްދަލުކުރައްވަނީ
ގޫގުލް
ޓްރަމްޕްގެ ފޯން ކޯލް
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
 
ޓްރަމްޕްވަނީ އޮބާމާގެ މައްޗަށް ތުހުމަތު ކުރައްވައި ހޮނިހިރު ދުވަހު ސިލްސިލާ ޓްވީޓްތަކެއް ކުރައްވާފަ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޯން ކޯލްތައް އަޑުއެހުމަށް ރައީސް ބަރަކް އޮބާމާ އަމުރުކުރެއްވި ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތުތައް އޮބާމާގެ ތަރުޖަމާނު ދޮގު ކުރައްވައިފިއެވެ.

ކެވިން ލުވިސް ވިދާޅުވީ އޮބާމާ ނުވަތަ ވައިޓް ހައުސްގެ އެހެން އޮފިޝަލެއް ނަމަވަސް އެމެރިކާގެ އެއްވެސް ރައްޔިތަކަށް ފާރަލުމަށް އަންގާފައި ނުވާނެ ކަމަށެވެ.

ރައީސް ޓްރަމްޕްވަނީ ޓްރަމްޕް ޓަވަރުގައި އޭނާ ކުރައްވާ ފޯން ކޯލްތައް ރައީސް އޮބާމާ އަޑުއައްސަވާފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އެހެން ވިދާޅުވުމުގެ އިތުރުން އެ ތުހުމަތު ތަކަށް ބާރުދޭ އެއްވެސް އިތުރު ތަފްސީލެއް ޓްރަމްޕް ދެއްވާފައެއް ނުވެއެވެ.
 

ލުވިސް ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ އޮބާމާ ސަރުކާރުގެ އުސޫލަކީ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އިސްނަގައިގެން ކުރިޔަށް ގެންދާ މިނިވަން އެއްވެސް ތަހުގީގަކަށް ނުފޫޒު ނުފޯރުވުން ކަމަށެވެ.

ރައީސް އޮބާމާފެ ފޮރިން ޕޮލިސީ އެޑްވައިޒަރަކަށް ހުންނެވި އަދި އެ މަނިކުފާނުގެ ތަގުރީރުތައް ލިޔުއްވި ބެން ރޯޑްސްވެސް މީގެ ކުރިން ވަނީ އެއްވެސް ރައީސްއަކަށް ފޯން ކޯލް އަޑުއެހުމަށް އަމުރު ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްއަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވެފައިވަނީ އެއީ އެފަދަ ރައްޔިތުން ރައްކާތެރި ކުރުމަށް ކަމަށެވެ.

މިވަގުތު ފްލޮރިޑާގައި  އަމިއްލަފުޅު ރިޒޯޓްގައި ހުންނެވި ޓްރަމްޕްވަނީ އޮބާމާގެ މައްޗަށް ތުހުމަތު ކުރައްވައި ހޮނިހިރު ދުވަހު ސިލްސިލާ ޓްވީޓްތަކެއް ކުރައްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް