ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 00:16
ވިމްބްލެޑަން ތައްޓާއެކު ސިމޯނާ ހެލެޕް
ވިމްބްލެޑަން ތައްޓާއެކު ސިމޯނާ ހެލެޕް
ގެޓީ އިމޭޖަސް
ވިމްބްލެޑަން 2019
ވިމްބްލެޑަން 2019: ސެރީނާ ބަލިކޮށް ސިމޯނާ ހެލެޕް ޗެމްޕިއަންކަން ހޯދައިފި
 
މިއީ ސިމޯނާ ކާމިޔާބުކުރި ފުރަތަމަ ވިމްބްލެޑަން މުބާރާތް

ވިމްބްލެޑަންގައި ސެރީނާ ވިލިއަމްސް ބަލިކޮށް ސިމޯނާ ހެލެޕް ޗެމްޕިއަންކަން ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗު ސެރީނާއާ ވާދަކޮށް ސިމޯނާ މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓްތައް ސިމޯނާ ގެންދިޔައީ 2-6 އަދި 2-6 ގެ ނަތީޖާއަކުންނެވެ.

މިއީ އުމުރުން 27 އަހަރުގެ ސިމޯނާ ކާމިޔާބުކުރި ދެވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ބޭއްވި ފްރެންޗް އޯޕަންގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ. އޭނާ އެ މުބާރާތް ކާމިޔާބުކުރީ ގްރޭންޑް ސްލޭމް ތިން ސެމީން ބަލިވުމަށްފަހުއެވެ.

މީގެއިތުރުން މިއީ އުމުރުން 37 އަހަރުގެ ސެރީނާ މި އަހަރު ތެރޭގައި ބަލިވި ތިންވަނަ ބޮޑު ފައިނަލެވެ.

މެޗަށްފަހު ސެރީނާ ބުނީ، ސިމޯނާ މެޗުގައި ކުޅެފައިވަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، އޭނާގެ ފަރާތުން މެޗުގައި ފެނުނު ކުޅުމުން ހައިރާންވެފައި ހުރި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް