ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 15:30
ފިލިޕީންސްގެ އޮފިޝަލުން ވިދާޅުވީ ކޭންޓްނަރގެ ހަށިގަނޑު ފެނިފައިވަނީ ސޫލޫ އައިލްންޑް އިން ކަމަށް
ފިލިޕީންސްގެ އޮފިޝަލުން ވިދާޅުވީ ކޭންޓްނަރގެ ހަށިގަނޑު ފެނިފައިވަނީ ސޫލޫ އައިލްންޑް އިން ކަމަށް
ގޫގުލް
ބޯ ކަނޑާލި މައްސަލަ
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
 
އަބޫ ސައްޔާފްއަކީ ފިލިޕީންސްގެ ދެކުނުގައި އުޅެމުންދާ އެންމެ ކުޑަ އަދި އެންމެ ނުރައްކާތެރި އެއް ޖަމާއަތް
 
ހަށިގަނޑު ފެނިފައިވަނީ ސޫލޫ އައިލްންޑް އިން ކަމަށް

ރަހީނުކޮށްފައި ބެހެއްޓުމަށްފަހު މި ދިޔަ ހަފްތާގެ ތެރޭގައި ފިލިޕީންސްގައި  ބޯބުރިކޮށްލި ޖަރުމަނުގެ ދަތުރުވެރިޔާގެ ހަށިގަނޑު ހޯދިފައިވާކަމަށް އަސްކަރިއްޔާގެ އޮފިޝަލުން ބުނެފިއެވެ.

މެލޭޝިއާގެ ސަބާ ސްޓޭޓްގައި އޭނާގެ ޔޮޓުގައި ހުއްޓައި ޔޯގެން ކޭންޓްނަރ ރަހީނުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.

އޭނާއާއެކު ދަތުރުކުރަމުން ދިޔަ އޭނާގެ އަންހެނުން ސަބިނޭ މެއަރޒްގެ ގަޔަށް ބަޑި ޖަހާ މަރާލާފައި އޮއްވާ ފެނުނީ ދޫކޮށްލާފައިވާ ޔޮޓުގެ ތެރެއިންނެވެ.

 ކޭންޓްނަރ މަރާލާފައިވަނީ ހަ ލައްކަ އެމެރިކާ ޑޮލަރު ދިނުމަށް ޑިމާންޑްކޮށް ހަނގުރާމަވެރިން ދިން މުހުލަތު ހަމަވުމުންނެވެ.

ފިލިޕީންސްގެ އޮފިޝަލުން ވިދާޅުވީ ކޭންޓްނަރގެ ހަށިގަނޑު ފެނިފައިވަނީ ސޫލޫ އައިލްންޑް އިން ކަމަށާއި އޭނާގެ ހަށިގަނޑު ޖަރުމަނަށް ރައްދުކޮށްދޭނެކަމަށެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާބެއްގައި ބުނެފައިވަނީ ހަނގުރާމަވެރި ޖަމާއަތުގެ ލާއިންސާނީ އެ އަމަލު ފެނުމުން ޝޮކެއް ލިބިފައިވާކަމަށެވެ.

ޔޯގެން ކޭންޓްނަރ، 70، އާއި ސަބިނޭ މެއަރޒް ކުރިން ވެސް ވަނީ ވަގަށް ނަގާފައެވެ.

ސޯމާލިއާގެ ކަނޑުފޭރޭ ބަޔަކު 2008ވަނަ އަހަރު އެމީހުން ރަހީނުކޮށް 52 ދުވަސްވަންދެން ބޭތިއްބުމަށް ފަހު ދޫކޮށްލާފައިވަނީ ބަދަލުގައި ފައިސާ ދައްކައިގެންނެވެ.

ސައިޓް މިލިޓަންސީ މޮނިޓަރިންގް ގްރޫޕަކުން ބުނާ ގޮތުގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއިން ފެންނަނީ ވަޅިއެއް ހިފައިގެންހުރި މީހަކު ކެންޓްނަރގެ ބޯ ބުރިކޮށްލާ މަންޒަރެވެ.

ސަރުކާރުގެ މަންދޫބު ޖީސަސް ޑުރޭޒާ ވަނީ އޭނާ މަރާލިކަން ކަށަވަރުކޮށްދެއްވާފައެވެ.

"އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުރިހާ ފަރާތަކުން އޭގެ ތެރޭ އަސްކަރިއްޔާ ހިމެނޭ ގޮތުން އެންމެން މަސައްކަތްކުރި އޭނާގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް. އަހަރުމެން އެންމެވެސް އެބަޔަކަށް ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކުރި އެކަމަކު މަންފާއެއް ނުކުރި،" އޭނާ ބުންޏެވެ.

އަބޫ ސައްޔާފްއަކީ ފިލިޕީންސްގެ ދެކުނުގައި އުޅެމުންދާ އެންމެ ކުޑަ އަދި އެންމެ ނުރައްކާތެރި އެއް ޖަމާއަތެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް