ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 09:15
ނަޑާލް (ކ) އަދި ފެޑެރާ (ވ)
ނަޑާލް (ކ) އަދި ފެޑެރާ (ވ)
ގެޓީ އިމޭޖަސް
ވިމްބްލެޑަން 2019
ވިމްބްލެޑަން 2019: ސެމީގައި ފެޑެރާ އަދި ނަޑާލްގެ ކުރިމަތިލުމެއް
 
މިއީ 2008 ވަނަ އަހަރަށްފަހު މުބާރާތުގައި ދެ ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރު

ވިމްބްލެޑަން 2019 ގެ ސެމީ ފައިނަލުގައި ރޮޖާ ފެޑެރާ އަދި ރަފައެލް ނަޑާލް ބައްދަލުކުރަން ޖެހިއްޖެއެވެ.

ސެމީއަށް ފެޑެރާ ދަތުރުކުރީ، ކުއާޓާ ފައިނަލުގައި ކެއި ނިޝީކޯރީ ތިން ސެޓް އެއް ސެޓުން ބަލިކުރުމަށްފަހުއެވެ.

މި މެޗުގެ ފުރަތަމަ ސެޓު 4-6 ގެ ނަތީޖާއަކުން ނިޝީކޯރީ ކާމިޔާބުކުރި ނަމަވެސް، ޖެހިގެން އައި ތިން ސެޓު 1-6، 4-6 އަދި 4-6 ގެ ނަތީޖާއަކުން ފެޑެރާ ވަނީ ކާމިޔާބު ކޮށްފައެވެ.

ނަޑާލް ސެމީއަށް ދަތުރުކުރީ ކުއާޓާގައި ސެމް ކުއެރޭއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ސެޓްތައް ނަޑާލް ގެންދިޔައީ 5-7، 2-6 އަދި 2-6 ގެ ނަތީޖާއަކުންނެވެ.

މިއީ 2008 ވަނަ އަހަރަށް ފަހު މި ދެ ކުޅުންތެރިން މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. 2008 ވަނަ އަހަރު މި ދެ ކުޅުންތެރިން ބައްދަލުކުރި ފައިނަލް މެޗު ފަސް ވަނަ ސެޓަށް ގޮސް ކާމިޔާބުކުރީ ނަޑާލްއެވެ.

މުބާރާތުގެ ސެމީން ނޯވަކް ޖޮކޮވިޗްވެސް ޖާގަ ހޯދާފައިވާއިރު، މިއީ 12 އަހަރަށް ފަހު މުބާރާތުގެ ސެމީފައިނަލަށް ފެޑެރާ އާއި ނަޑާލް އަދި ޖޮކޮވިޗް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް