ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 19:15
ކަޕް އޮފް ނޭޝަންސް - ޓިޔުނީސިޔާ
ކަޕް އޮފް ނޭޝަންސް - ޓިޔުނީސިޔާ
ބީބީސީ
ކަޕް އޮފް ނޭޝަންސް
ކަޕް އޮފް ނޭޝަންސް: ޕެނަލްޓޯގައި ގާނާ ބަލިކޮށް ޓިޔުނީސިޔާ ކުއާޓާއަށް
 
ޓިޔުނީސިޔާ އިން މި މެޗު ކާމިޔާބުކުރީ ޕެނަލްޓީގައި

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ޕެނަލްޓީގައި ގާނާ ބަލިކޮށް ޓިޔުނީސިޔާ ކުއާޓާ ފައިނަލައް ދަތުރުކޮށްފިއެވެ.

އާދީއްތަ ދުވަހު ކުޅެވުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެފައިވަނީ ގާނާއިންނެވެ. އެގޮތުން ގާނާއިން ވަނީ ޓިއުނީސިޔާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ޓިއުނީސިޔާގެ ކީޕަރު އަދި ޑިފެންޑަރުން ވަނީ ހުށިޔާރުކަންމަތީ ދިފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ އަވަސް ކުޅުމެކެވެ. އެގޮތުން ދެޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ.

މި މެޗުގެ 73 ވަނަ މިނެޓުގައި ޓިޔުނީސިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވަޑްޖީ ގެ އެހީތެރި ކަމާއެކު، ޓެހާއެވެ.

މި ލަނޑާއެކު ގާނާއިން އެމީހުންގެ އެޓޭކްތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ގާނާ އިން ވަނީ ފުލުފުލުގައި ޓިޔުނީސިޔާގެ ގޯލަށް ހަމަލާތައް ފޮނުވައިލައިފައެވެ.

މެޗުގައި ގާނާއިން ކާމިޔާބު ކުރި ގޯލަކީ ޓިޔުނީސިޔާގެ ރަމީ އަތުން ބައިކޮޅަށްވަން ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުގައި ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ.

1-1 ދެ ޓީމު އެއްވަރު ވުމާއެކު ޖެހި ޕެނަލްޓީން ގާނާ ބަލިވީ އެޓީމުގެ ކެލެބް ފޮނުވާލި ޕެނަލްޓީ މިސްވުމުންނެވެ.

މެޗުގައި ޓިޔުނީސިޔާއިން ޖެހި ހުރިހާ ޕެނަލްޓީއެއް ވަނީ ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް