ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 18:26
ޔޫތް މިނިސްޓާރ އަދި ފޮރިން މިނިސްޓާރ ސީޝެލްސްގައި
ޔޫތް މިނިސްޓާރ އަދި ފޮރިން މިނިސްޓާރ ސީޝެލްސްގައި
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް
އައިއޯއައިޖީ 2023: ސީޝެލްސްގެ ތާއީދު ދިވެހިރާއްޖެއަށް
 
ސީޝެލްސް އިން ވަނީ ރާއްޖެ އަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ދީފަ
 
ސީޝަލްސްގެ ރައީސް އާއި ވަނީ ބައްދަލު ކުރައްވާފަ

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ސީޝެލްސްއިން ތާއީދު ކުރާނެ ކަމުގެ ޔަގީންކަންދީފިއެވެ.

ދިވެހިރާއްޖެއިން ކުރާ ބިޑަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ސީޝެލްސްއިން ދީފައި މިވަނީ ރައީސްގެ މަންދޫބުންގެ ގޮތުގައި ޔޫތް މިނިސްޓާރ އަހުމަދު މަހުލޫފް އަދި ފޮރިން މިނިސްޓާރ އަބްދުﷲ ޝާހިދު މިހާރު ސީޝެލްސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައެވެ.

ޔޫތް މިނިސްޓާރ އަދި ފޮރިން މިނިސްޓާރ ސީޝެލްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ދެބޭފުޅުން ވަނީ އެގައުމުގެ ރައީސް ޑެނީ ފޯރގެ އަރިހަށް އިހުތިރާމްގެ ޒިޔާރާތެއް ކުރައްވައިފައެވެ.

މި ޒިޔާރާތުގައި ފޮރިން މިނިސްޓާރ އަބްދުﷲ ޝާހިދުވަނީ ދިވެހިރާއްޖޭގެ ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ފަރާތްޕުޅުން ސީޝެލްސްގެ ރައީސަށް ރަސްމީ ސިޓީފުޅެއް އަރުވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައި ސީޝެލްސްގެ ރައީސް ވަނީ 2023ވަނަ އަހަރު އައިއޯއައިޖީ ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ކުރާނެކަމުގެ ޔަގީން ކަން ދެއްވައިފައެވެ.

މި ދަތުރުފުޅުގައި މަހްލޫފް އަދި ޝާހިދުވަނީ ސީޝެލްސްގެ މިނިސްޓާރ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި ވެސް ބައްދަލު ކުރައްވައިފައެވެ.

ޔޫތު މިނިސްޓްރީން ބުނީ، މި ދަތުރުފުޅުގައި ސީޝަލްސްގެ ރައީސްގެ އިތުރުން ކޮމޮރޯސް އަދި މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ ރާއްޖޭގެ ބިޑަށް ތާއީދު ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އަދި ސްޕޯޓްސް މިނިސްޓަރުންނާއި ވެސް މިދެ ބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

އައިއޯއައިޖީގެ ކައުންސިލްގެ މެމްބަރުން ދާދިފަހުން ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާ ދިވެހި ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާ ބައްދަލުކޮށް ރާއްޖޭގައި ހުރި ކުޅިވަރު ވަސީލަތްތައް ބައްލަވާލައްވާފައެވެ.

ރާއްޖެއަށް ބިޑު ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ކައުންސިލް މެމްބަރުން ވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް