ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 01:20
ކިމް ޖޮން ނަމް، މެލޭޝިއާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯސްވެފައި ވަނީ ކިމް ޖޮން ނަމް ގެ މަރުގެ ސަބަބުން
ކިމް ޖޮން ނަމް، މެލޭޝިއާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯސްވެފައި ވަނީ ކިމް ޖޮން ނަމް ގެ މަރުގެ ސަބަބުން
އޭއެފްޕީ
ކިމް ޖޮން ނަމް މަރާލުން
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
 
މެލޭޝިއާ ދޫކޮށް ދާން 48 ގަނޑިއިރުގެ މުހުލަތެއް އުތުރު ކޮރެއާގެ އެމްބެސެޑަރަށް ވަނީ ދީފަ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދި ފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގެ ހާދިސާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ހީނަރުވެ، އުތުރު ކޮރެއާ އިން މެލޭޝިއާ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު މެލޭޝިއާ ދޫކޮށް ދާން، މެލޭޝިއާ އިން އަންގައިފިއެވެ.

މެލޭޝިއާ ދޫކޮށް ދާން 48 ގަނޑިއިރުގެ މުހުލަތެއް އުތުރު ކޮރެއާގެ އެމްބެސެޑަރަށް ދިންއިރު، އެމްބެސެޑާރ ކަންގް ޗޮލް ވަނީ މެލޭޝިއާ އިން ކިމް ޖޮން ނަމް ގެ މަރުގެ ތަހުގީގު ކުރިއަށް ދާގޮތާ ދޭތެރޭ ފާޑުވިދާޅުވެފައެވެ. ކަންގް ޗޮލް ވިދާޅުވެފައި ވަނީ މެލޭޝިއާގެ ތަހުގީގު ކުރާ ފަރާތްތަކަށް "އިތުބާރު ނުކުރެވޭނެ" ކަމަށެވެ.

އުތުރު ކޮރެއާ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާއަށް ވަދެވޭ ގޮތަށް އޮތް އޮތުން މިއަންނަ ހޯމަދުވަހުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށް މެލޭޝިއާ އިން ވަނީ ބުނެފިއެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދި ފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުންގެ މައްޗަށް މެލޭޝިއާ އިން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފިއެވެ.

އެއްވެސް އިރެއްގައި އުތުރު ކޮރެއާ އާއި މެލޭޝިއާއަކީ މާ ރަހުމަތްތެރި ދެ ގައުމެއް ނޫނެވެ. އެހެން ނަމަވެސް ގުޅުން ގޯހެކޭ ވެސް ދެންނެވޭކަށް ނެތެވެ. ދެ ގައުމުން ރަސްމީ ގުޅުން ބާއްވަން ފަށާފައިވަނީ ޖޫން 1973 ގައެވެ. އުތުރު ކޮރެއާގައި އެމްބަސީއެއް ހުންނަ 30 އަށް ވުރެ މަދު ގައުމު ތެރޭގައި، މެލޭޝިއާ ހިމެނެއެވެ. އަދި މެލޭޝިއާ ރައްޔިތުންނަކީ ވިސާއަކާ ނުލައި އުތުރު ކޮރެއާ އަށް އެތެރެ ވެވޭ ހަމައެކަނި ގައުމުގެ ރައްޔިތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
0%
0%
0%
0%
0%
0%
ކޮމެންޓް