ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 22:46
ފަސްޓް ލޭޑީ
ފަސްޓް ލޭޑީ
އަތޫފް އާތިފް
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ތައްޔާރީތައް
ފަސްޓް ލޭޑީ އަދި މިނިސްޓަރ މަހުލޫފް އައިއޯއައިޖީ ގައި ވާދަކުރާ ހާއްސަ އެހީ އަށް ބޭނުންވާ އެތުލީޓުންގެ ފަރިތަކުރުންތަކުގައި ބައިވެރިވެ ވަޑައިގެންފި
 
ފަސްޓް ލޭޑީ ވަނީ އެތްލީޓުންއަށް ހިތްވަރު ދެއްވައިފަ

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އަދި ޔޫތް، ސްޕޯޓްސް އެނެޑް އެމްޕަވަރމެންޓް މިނިސްޓާރ އަހްމަދު މަހުލޫފް، އައިއޯއައިޖީ ގައި ވާދަކުރާ ޕެރަލަމްޕިކް އަދި ސްޕެޝިއަލް އޮލިމްޕިކްގައި ވާދަކުރާ އެތުލީޓުންގެ ފަރިތަކުރުންތަކުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ހުޅުމާލޭ ދުވާ ޓްރެކްގައި ބޭއްވި މި ފަރިތަކުރުންތަކުގައި ފަސްޓްލޭޑީ އަދި މިނިސްޓާރ ގެ އިތުރުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ފަރިތަކުރުންތަކުގައި ފަސްޓްލޭޑީ ވަނީ އައިއޯއައިޖީ ގައި ވާދަކުރާ ހާއްސަ އެހީ އަށް ބޭނުންވާ އެތްލީޓުންނާއި ބައްދަލު ކުރައްވާ އެ އެތުލީޓުންނަށް ހިތްވަރު ދެއްވާފައެވެ.

ޔޫތް މިނިސްޓާރ މަހުލޫފް ވަނީ މީގެ ކުރިން ހާއްސައެހީ އަށް ބޭނުންވާ އެތްލީޓުންގެ ފަރާތުން ރާއްޖެ އަށް ރީތި ނަން ހޯދައިދީ ރަންވަނަ ތަކެއް ހޯދައިދޭނެ ކަމަށް ބުނެފައެވެ.

އައިއޯއައިޖީ ގައި ވާދަކުރާ ސްޕެޝަލް އޮލިމްޕިކް އަދި ޕެރަލިމްޕިކް އެތްލީޓުންގެ ފަރިތަކުރުންތަކުގައި މީގެ ކުރިން ވެސް މިނިސްޓާރ މަހްލޫފް ވަނީ ބައިވެރިވެ ވަޑައިގަންނަވައިފައެވެ.

މިނިސްޓާރ މަހުލޫފް ވިދާޅުވީ އާދީއްތަ ދުވަހު ހުޅުވިގެން ދިޔަ މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އަދި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް ގެ އޮފީހުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބޭރުގެ އިންޓަރނޭޝަނަލް މުބާރާތް ތަކުގައި ވާދަކުރުމުގައި އިތުރު ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް