ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 14:56
ފީފާ އަންހެނުންގެ ވޯލްޑް ކަޕް ފައިނަލް މެޗް މިރޭ ކުޅޭނެ
ފީފާ އަންހެނުންގެ ވޯލްޑް ކަޕް ފައިނަލް މެޗް މިރޭ ކުޅޭނެ
އޭއެފްޕީ/ގެޓީ
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް: އެމެރިކާއިން ފައިނަލާ ކުރިމަތިލަނީ ހަތަރު ވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބު ކުރުމަށް
 
އެމެރިކާއިން ވަނީ މި މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްފަ
 
ފައިނަލުގައި ވާދަކުރާނީ އެމެރިކާ އަދި ނެދެލޭންޑްސް

ފްރާންސްގައި މިހާރު ކުރިޔައްދާ ފީފާ އަންހެނުންގެ ވޯލްޑްކަޕުގެ ފައިނަލަށް އެމެރިކާ ނިކުންނަނީ މި މުބާރާތުގެ ތަށި ހަތަރު ވަނަ ފަހަރައް ކާމިޔާބު ކުރުމަށެވެ.

މި މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ ނިކުންނާނީ ޔޫރަޕުގެ ޗެމްޕިއަން ނެދެލޭންޑްސް އާއި ދެކޮޅަށެވެ.

އެމެރިކާއިން ނެދެލޭންޑްސްއާއި ދެކޮޅަށް ނިކުންނައިރު، އެމެރިކާއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިނަމަ އެ ޓީމު ވެގެންދާނީ ޖަރުމަނައްފަހު މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދާ ދެވަނަ ޓީމަށެވެ.

ފައިނަލައް އެމެރިކާ ނިކުންނަ އިރު، އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކެޕްޓަން އެލެކްސް މޯގަން ރަނގަޅު ފޯރމެއްގައި ހުރުމެވެ. އެގޮތުން މޯގަން ވަނީ މި މުބާރާތުގައި މިހާތަނައް ހަ ލަނޑު ޖަހައިފައެވެ.

އެމެރިކާއިން މި މުބާރާތުގެ ފައިނަލުގައި ހަތަރު ފަހަރު ވާދަ ކޮށްފައިވާއިރު މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފައެވެ. އަނެއްކޮޅުން ނެދެލޭންޑްސް އިން މި މުބާރާތުގެ ފައިނަލް ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.

އާދީއްތަ ދުވަހުގެރޭ ކުޅެވޭ ފައިނަލުން ނެދެލޭންޑްސް މޮޅު ވެއްޖެނަމަ އެޓީމު ވެގެންދާނީ ޖަރުމަނު އަދި ނޯރވޭ އާއެކު މި މުބާރާތް ކާމިޔާބު ކުރާ ޔޫރަޕްގެ ތިން ވަނަ ޓީމަށެވެ. ނެދެލޭންޑްސް އިން ބަލިނުވެ ދިހަ މެޗު ހަމަކޮށްފައި ވާއިރު، އެޓީމު ކޮޅަށް ޖެހިފައި ވަނީ އެންމެ ހަތަރު ގޯލެވެ.

ފީފާ އަންހެނުންގެ ވޯލްޑްކަޕްގެ ފައިނަލް މެޗް ކުޅޭނީ އާދީއްތަ ދުވަހުގެ ރޭ 20:00 ގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް