ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 18:40
ތުހުމަތުތަކާއެކު ވެސް ފިއޮން ގެންދަވަނީ ރިޔާސީ ކެމްޕެއިން ކުރިޔަށް ގެންދަވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުން
ތުހުމަތުތަކާއެކު ވެސް ފިއޮން ގެންދަވަނީ ރިޔާސީ ކެމްޕެއިން ކުރިޔަށް ގެންދަވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުން
ގޫގުލް
ފްރާންސްގެ ރިޔާސީ އިންތިޚާބު
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
 
ފިއޮން ގެންދަވަނީ ރިޔާސީ ކެމްޕެއިން ކުރިޔަށް ގެންދަވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުން
 
ޕެޓްރިކް ސެޓަފަނިނީ ވިދާޅުވީ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން އޭނާގެ މަގާމުން ވަކިވެ ވަޑައިގަންނަވާނެ ކަމަށް

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފްރަންސުވާ ފިއޮންގެ ކެމްޕެއިން މެނޭޖަރު ހުކުރު ދުވަހު އިސްތިއުފާ ދެއްވައި އަނެއްކާ ވެސް އިތުރު ނުތަނަވަސްކަމާ ކުރިމަތިވެ ވަޑައިގެންފިއެވެ.

ޕެޓްރިކް ސެޓަފަނިނީ ވިދާޅުވީ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން އޭނާގެ މަގާމުން ވަކިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ ކުރިން ޔޫނިއަން އޮފް ޑިމޮކްރޭޓްސް އެންޑް އިންޑިޕެންޑެންޓްސް(ޔޫޑީއައި) އިން ވަނީ ފިއަން ކެންޑިޑެސީ ދޫކުރައްވައި ރިޕަބްލިކަން ޕާޓީން އެހެން ކެންޑިޑޭޓެއް ނެރުމަށް ގޮވާލާފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ އަނބިކަނބަލުންނާއި ދަރީންނަށް ޕާލިމެންޓްރީ އެސިސްޓެންޓެއްގެ މަސައްކަތް ކުރުވި ކަމަށްބުނެ އެ މަސައްކަތް ނުކުރުވަން ފައިސާ ދިން ކަމަށެވެ.

ކެމްޕެއިން މެނޭޖަރުގެ އިސްތިއުފާގެ ސިޓީގައި ދެ ކަމެއް ފާހަގަ ކުރައްވާފައިވާއިރު، އޭގެ ތެރެއިން އެއްކަމަކީ ފިއޮންގެ މައްޗަށް  ކޮރަޕްޝަނުގެ ތުހުމަތު ކުރެވުމާއެކު ޕާޓީގެ ތެރެއިން އޭނާ އަށް ތާއީދު ކުޑަވެ ޕާޓީގެ ތެރެއިން ކެމްޕެއިން ހުއްޓުވާލައްވަން އެންގެވި ކަމަށް ވިދާޅުވެފައިވުމެވެ.   

ކެމްޕެއިން މެނޭޖަރ އިސްތިއުފާ ދެއްވާފައި މިވަނީ ޕެރިހުގައި ހުންނަ ފިއޯންގެ ގެ ތަހުގީގު ޓީމަކުން ރެއިޑްކޮށްފި ކަމަށް ފްރާންސްގެ މީޑިއާއިން ރިޕޯޓްކޮށްފައިވަނިކޮށެވެ.

މިއީ އޭނާގެ އަނބިކަނބަލުންނަށް ފޭކު ވަޒީފާއެއް ދިން ކަމަށް ބުނެ ކުރަމުންދާ ތަހުގީގުގެ ބައެކެވެ. 

އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ބުނެއެވެ.

އިންތިޚާބީ ރޭހުން ވަކިވެ ވަޑައިގަތުމަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކާއެކު ވެސް ފިއޮން ގެންދަވަނީ ރިޔާސީ ކެމްޕެއިން ކުރިޔަށް ގެންދަވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުންނެވެ.

އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެމުންދިޔަ އެއް ބޭފުޅެއްގެ ގޮތުގައި ކުރިން ވެ ވަޑައިގެންނެވި ނަމަވެސް ތުހުމަތާއެކު އޭނާ ވަނީ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ފަހަތަށް ގޮސްފައެވެ.

ފްރާންސްގެ ނޫހަކުން ފިއޮންގެ މައްޗަށް ތުހުމަތު ކުރީ ފިއޮން ގާނޫނުހަދާ މަޖިލީހުގައި ހުންނަވައި އޭނާގެ އަނބިކަނބަލުންނަށް ޕާލިމެންޓްރީ އެސިސްޓެންޓެއްގެ ވަޒީފާ ދެއްވައިގެން އެތައް އަހަރެއްގެ ތެރޭ 900،000 އެމެރިކާ ޑޮލަރު ހޯދައިދީފައިވާކަމަށެވެ. އަދި އޭނާ އަކީ ޕާލިމެންޓްރީ ފާހެއް އޮތް މީހެއް ނޫންކަމަށެވެ. މީގެ އިތުރުން މުސާރަ ނެގި މަސައްކަތްކަތް އޭނާ އަދާކޮށްފައިވޭތޯ ވަނީ ސުވާލު އުފައްދާފައެވެ. ފިއޮން އަށްފަހު އެ ގޮނޑި ފުރުއްވި މެންބަރުގެ ވެސް ޕާލިމެންޓްރީ އެސިސްޓެންޓެއްގެ ގޮތުގައި ފިއޮންގެ އަނބިކަނބަލުން މަސައްކަތް ކުރެއްވިއެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
0%
0%
0%
0%
0%
0%
ކޮމެންޓް