ކ. މާލެ
|
6 ޖުލައި 2019 | ހޮނިހިރު 20:04
އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން
އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން
ޓްވިޓަރ
އައިއޯއައިޖީ 2023
އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯއްދެވުމަށް ގައުމުތަކަށް ފުރަނީ
 
ތާއީދު ހޯއްދެވުމަށް ފުރާވަޑައިގަންނަވަނީ މިނިސްޓަރ ޝާހިދު އަދި މިނިސްޓަރ މަހްލޫފް

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ކުރާ ބިޑަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބުންތަކެއް ބޭރުގެ ބައެއް ގައުމުތަކަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޔޫތު މިނިސްޓްރީން ބުނީ، ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ކުރާ ބިޑަށް ތާއީދު ހޯއްދެވުމަށް ބޭރުގެ ގައުމުތަކަށް ފުރުއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އަދި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ކަމަށެވެ.

އެގޮތުން ދަތުރުފުޅުގައި މިނިސްޓަރ މަހްލޫފް އަދި މިނިސްޓަރ ޝާހިދު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިއަހަރުގެ ގޭމްސް އޮންނަ މޮރިޝަސް އާއި ސީޝެލްސްގެ އިތުރުން ކޮމޮރޯސްއަށް ކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ޔޫތު މިނިސްޓްރީން ބުނީ، މި ދަތުރުފުޅުގައި ސީޝަލްސްގެ ރައީސްގެ އިތުރުން ކޮމޮރޯސް އަދި މޮރިޝަސްގެ ބޮޑުވަޒީރުންނާއި ދެ ވަޒީރުން ބައްދަލުކުރައްވާ ރާއްޖޭގެ ބިޑަށް ތާއީދު ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެގައުމުތަކުގެ ފޮރިން މިނިސްޓަރުން އަދި ސްޕޯޓްސް މިނިސްޓަރުންނާއި ވެސް މިދެބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

އައިއޯއައިޖީގެ ކައުންސިލުން ދާދިފަހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް ދިވެހި ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާ ބައްދަލުކޮށް ރާއްޖޭގައި ހުރި ކުޅިވަރު ވަސީލަތްތައް ބައްލަވާލައްވާފައެވެ.

މީގެއިތުރުން ރާއްޖެއަށް ބިޑު ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ކައުންސިލް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރު މަޙްލޫފް ވިދާޅުވީ ބިޑު ކާމިޔާބުވުމުގެ އުއްމީދު ބޮޑު ކަމަށާއި ބިޑު ކާމިޔާބުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް