ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 17:02
އެމްއެމްއޭ
އެމްއެމްއޭ
ގޫގުލް
ރާއްޖޭގެ އިގްތިސާދީ ހާލަތު
ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
 
2016 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ވަނީ 4.1 ބިލިއަން ރުފިޔާއަށް އަރާފަ
 
ރާއްޖޭގެ އިގްތިސާދުގާ ހުރި ފައިސާ ވަނީ 30.4 ބިލިއަން ރުފިޔާ އަށް އަރާފަ

މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށްޓަކައި ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު ޓީބިލް އަދި ޓީ ބޮންޑްގެ އައުޓްސްޓޭންޑިންގް އަދަދު އަހަރުން އަހަރަށް ބަލާ އިރު ވަނީ 14 ޕަސެންޓް މައްޗަށް ޖެހިލާފަ އެވެ.

އެހެން ނަމަވެސް މަހުން މަހަށް ބަލާ އިރު މިއީ އެއް ޕަސެންޓްގެ ދަށްވުމެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ. މީގެ މައިގަނޑު ސަބަބަކީ އެ މުއްދަތުގާ ޓީބިލްގެ އައުޓްސްޓޭންޑިންގް އަދަދު އެއް ޕަސެންޓް ދަށަށް ދިއުމެވެ. މިއީ ގާތްގަނޑަކަށް 138.3 މިލިއަން ރުފިޔާގެ ދަށްވުމެ ކެވެ.

ޓީބިލްގެ އައުޓްސްޓޭންޑިންގް އަދަދު ދަށްވެފައިވަނީ ވިޔަފާރި ބޭންކުތަކާއި އެހެނިހެން މާލީ އިދރާތްތަކުން ޓީބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ދަށްވުމުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެހެން ނަމަވެސް އަހަރުން އަހަރަށް ބަލާ އިރު ޖެނުއަރީ މަހު ޓީބިލްގެ ގޮތުގާ 5.1 ބިލިއަން ރުފިޔާ އިތުރުވެފައިވާ އިރު ޓީބޮންޑްގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

 ފާއިތުވެދިއަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ދޫކޮށްފައިވާ ޓީބިލް އަދި ޓީބޮންޑްގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އާއްމު ގޮތެއްގައި ޓީބިލް އަދި ޓީބޮންޑް ވިއްކައިގެން ދައުލަތުގެ ރިކަރެންޓް ހަރަދުތައް ބަލަހައްޓަމުންދާ އިރު، 2016 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ދަރަނި ވަނީ އިންތިހާ މައްޗަށް އަރާފަ އެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު ވަނީ 36.9 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.

މިދިޔަ ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ  30.4 ބިލިއަނަށް އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. މިއީ އަހަރުން އަހަރަށް ބަލާ އިރު ތިން ޕަސެންޓްގެ ދަށްވުމެކެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް