ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 16:35
މަރާލައިފައިވާ ކިމް ޖޮން ނަމް
މަރާލައިފައިވާ ކިމް ޖޮން ނަމް
އޭއެފްޕީ
ކިމް ޖޮން ނަމް މަރާލުން
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި
 
މެލޭޝިއާ އިން ރީ ޖޮން ޗޮލް، ބަންދުން ދޫކޮށް ޑިޕޯޓުކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދި ފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގައި  ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު އުތުރު ކޮރެއާގެ ރައްޔިތަކު، އޭނާ ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް ބުނެފިއެވެ.

ރީ ޖޮން ޗޮލްއާ ހަވާލާދީ ރޮއިޓާސް އިން ބުނީ އޭނާ ހައްޔަރު ކުރެވުނީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށާއި އެކަން ކުރީ "އުތުރު ކޮރެއާގެ ޝަރަފާއި އިއްޒަތް ހަލާކުކޮށްލުމަށް" ކަމަށެވެ. ރީ ޖޮން ޗޮލް މެލޭޝިއާ އިން ޑީޕޯޓުކޮށްފައިވާއިރު އޭނާ މެލޭޝިއާ އިން ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނީ ހޮނިހިރު ދުވަހު ޗައިނާގެ ބެއިޖިންގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީ ކުރިމަތީ ވާހަކަ ދައްކަމުންވެ. ރިޕޯޓަރުންނާ ވާހަކަދައްކަމުން އޭނާ އިތުރަށް ބުނީ ގަދަކަމުން އޭނާ ލައްވާ ކިމް ޖޮން ނަމް މަރާލުމުގައި ބައިވެރި ކަމަށް އެއްބަސް ކުރަން މެލޭޝިއާގެ ތަހުގީގުކުރާ ފާރާތްތަކުން މަސައްކަތްކުރި ކަމަށެވެ.

މެލޭޝިއާ އިން ރީ ޖޮން ޗޮލް، ބަންދުން ދޫކޮށް ޑިޕޯޓުކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދި ފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުންގެ މައްޗަށް މެލޭޝިއާ އިން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް