ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 20:00
ފޭދޫ އިއްބެ
ފޭދޫ އިއްބެ
ފޭސްބުކް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޭފޭދޫ އިއްބެ ކާމިޔާބު ކުރި ހަމަ އެކަނި ލަނޑުން ޓީސީ ބަލިކޮށް މާޒިޔާއަށް މޮޅެއް
 
މާޒިޔާއިން މި މެޗް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަދި ޓީސީ ބައްދަލުކުރި މެޗު މާޒިޔާއިން ކާމިޔާބުކޮށްފިއެވެ.

މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. އަވަސް ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެން ދިޔައިރު މި މެޗުގައި ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ހުސެއިން ނިޔާޒް (ދާދު)އަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ކީޕަރު އިމްރާން ބީޓުކޮށް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފު މާޒިޔާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށް ފޯވާޑް ލައިންގައި ތިބި ޒުވާން ކުޅުންތެރިންގެ ބޭނުން ހިފައިފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ވަނީ ލަނޑެއް ޖަހާ މާޒިޔާއަށް ލީޑު ނަގައިދީފައެވެ.

މި ނަތީޖާއާއެކު މާޒިޔާއިން ވަނީ ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ދިހަ ޕޮއިންޓާއި އެކު ޖެހިލައިފައެވެ. މެޗުން ބަލިވި ޓީސީ އޮތީ ތާވަލުގެ ތިން ވަނައިގައެވެ. އަދި ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ މުޅިން އަލަށް ފުރަތަމަ ޑިވިސަން ކުޅޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގައި ބުރާސްފަތި ދުވަހުގެ ރޭ ބައްދަލު ކުރާނީ ކުލަބް ގްރީން ސްޓްރީޓްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް