ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 16:43
ފްރޭންކް ލަމްޕާޑް (ކ) ޗެލްސީގެ ކޯޗަކަށް ހަމަޖެއްސުން
ފްރޭންކް ލަމްޕާޑް (ކ) ޗެލްސީގެ ކޯޗަކަށް ހަމަޖެއްސުން
ޓްވިޓަރ
ފްރޭންކް ލަމްޕާޑް
ޗެލްސީގެ ކޯޗަކަށް ލަމްޕާޑް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފި
 
ލަމްޕާޑް ޗެލްސީއަށް ސޮއިކުރީ ތިން އަހަރަށް

ޗެލްސީގެ ކޯޗަކަށް އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ލަމްޕާޑް ޗެލްސީއަށް ސޮއިކޮށްފައިވަނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ލަމްޕާޑް ބުނީ، ކޯޗެއްގެ ގޮތުގައި އެނބުރި ޗެލްސީއަށް އާދެވުމުން ވަރަށް އުފާވެފައިހުރި ކަމަށެވެ.

އެގޮތުން ލަމްޕާޑް ބުނީ، ކްލަބުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށާއި، ކާމިޔާބުތައް ހޯދަން ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި މަސައްކަތް ފަށަން ކެތްމަދުވެފައި ހުރިކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރ މަރީނާ ގްރަނޮވްސްކިއާ ވިދާޅުވީ، ކުޅުންތެރިޔެއްގެ ގޮތުގައި ޗެލްސީގައި 13 އަހަރު ހޭދަކޮށްފައިވާ ލަމްޕާޑް ކްލަބަށް ކޯޗެއްގެ ގޮތުގައި އައުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި، ކްލަބަށް ކާމިޔާބު ހޯދައިދޭން އޭނާއަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ޗެލްސީގެ ކޯޗަކަށް ލަމްޕާޑް ހަމަޖެއްސީ އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި ހުރި މައުރީޒިއޯ ސާރީ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި ޔުވެންޓަސްއަށް ބަދަލުވުމުންނެވެ.

ލަމްޕާޑް އޭނާގެ ކޯޗިން ކެރިޔަރު ފަށާފައި ވަނީ މިހާރު ކޯޗުކޮށްދެމުން އަންނަ ޑާބީ ކަންޓްރީން 2018 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބް ކުޅުނު 56 މެޗުގެ ތެރެއިން 24 މެޗުން މޮޅުވެފައިވާއިރު، 15 މެޗުން ވަނީ ބަލިވެފައެވެ. ބާކީ 17 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލަމްޕާޑް ވަނީ އޭނާގެ ކުޅުމުގެ ކެރިޔަރުގައި އިނގިރޭސި ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީ މުޅި ކެރިޔަރުގައި 300 އަށް ވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ޗެލްސީގެ އިތުރުން މެންޗެސްޓާ ސިޓީ، ވެސްޓްހަމް ޔުނައިޓެޑް އަދި ނިއުޔޯކް ސިޓީ އެފްސީ އަށްވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް