ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 12:54
ރާއްޖޭގައި ރާޅާއަޅަނީ
ރާއްޖޭގައި ރާޅާއަޅަނީ
ޓްވިޓަރ
ސާފް ސްޕޮޓްތަކެއް ގާއިމު ކުރުން
ރާއްޖޭގެ 6 ސަރަހައްދެއްގައި ސާފް ސްޕޮޓްތަކެއް ގާއިމު ކުރަނީ
 
ސްޕޮޓްތަކުގައި ރާޅާއެޅުންތެރިންނަށް ހަޓުތަކުގެ އިތުރުން ސާފް ބޯޑު ރެކްތަކެއް ބެހެއްޓިގެންދާނެ

ރާއްޖޭގެ ހަ ސަރަހައްދެއްގައި ސާފް ސްޕޮޓްތަކެއް ގާއިމުކުރަން ނިންމައިފިއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސާފިންގ އެސޯސިއޭޝަނާ ގުޅިގެން ރާއްޖޭގެ ހަ ސަރަހައްދެއްގައި ސާފް ސްޕޮޓްތަކެއް ގާއުމުކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ، ސާފް ސްޕޮޓްތައް ގާއިމުކުރަން ނިންމާފައިވަނީ ނ. ޅޮހި، މ. މުލި، ލ. މާބައިދޫ، ގދ. ވާދޫ، ގދ. ގައްދޫ އަދި ފުވައްމުލަށް ސިޓީގައި ކަމަށެވެ.

މި ޕްރޮޖެކްޓްތަކުގެ ދަށުން ސާފް ސްޕޮޓްތައް ގާއިމުކުރާ ސަރަހައްދުތަކުގައި ރާޅާއެޅުންތެރިންނަށް ހަޓުތަކުގެ އިތުރުން ސާފް ބޯޑު ރެކްތަކެއް ބެހެއްޓިގެންދާނެ ކަމަށްވެސް މިނިސްޓަރ މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ، ސާފިންގ އަކީ ރާއްޖެއަށް ބައިނަލްއަގުވާމީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅިވަރެއް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މި ކުޅިވަރުގައި ކާމިޔާބީތައް ހޯދައިދޭނެ ކަމަށެވެ.

ކުރީގެ ސަރުކާރުން މޫދު ކުޅިވަރަށް ސަމާލުކަމެއް ދީފައިނުވި ނަމަވެސް، އާ ސަރުކާރުން އަންނަނީ ރާއްޖޭގައި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
5 ޖުލައި 2019 | ހުކުރު 15:53
އަހުމަދު
ތ އަތޮޅު ކަނިމީދޫކައިރީގައިވެސް ވަރަށް ހިއްގާމު ރާޅުނަގާ ސަރަހައްދެއް އޮވޭ، ރަގަޅުވާނެ ބަލާލާން....