ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 11:58
ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޔޫރީ
ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޔޫރީ
ޝުއައިބް މުހައްމަދު އިގްބާލް
ޔޫރީ ޒޫން
އުންމީދަކީ ރާއްޖޭގެ ކައިޓް ސާފަރެއް އޮލިމްޕިކްސްގައި ވާދަކުރުން: ޔޫރީ
 
ޔޫރީ ވަނީ ކައިޓް ސާފިންގ ގައި ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައި

އުންމީދަކީ ރާއްޖޭގެ ކައިޓް ސާފަރެއް ވޯލްޑް ކަޕް ނުވަތަ އޮލިމްޕިކްސްގައި ވާދަކުރުން ކަމަށް ކައިޓް ސާފިންގ ގައި ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ ޔޫރީ ޒޫން ބުނެފިއެވެ.

ރާޅުގުޑި ހަރަކާތުގައި ބައިވެރިވުމަށްފަހު ރާއްޖެއިން ފުރުމުގެ ކުރިން ރާއްޖެ.އެމްވީއަށް ދިން އިންޓަވިއުއެއްގައި ޔޫރީ ބުނީ، ކައިޓް ސާފިންގ ގައި ކޮންމެވެސް ދުވަހަކު ރާއްޖޭގެ އެތުލީޓެއް ވޯލްޑް ކަޕް ނުވަތަ އޮލިމްޕިކްސްގައި ވާދަކުރުމަކީ އޭނާގެ އުންމީދެއް ކަމަށެވެ.

ރާއްޖެއަކީ ކައިޓް ސާފް ކުރުމަށް ވަރަށް ހާއްސަ ތަނެއްކަން ފާހަނގަކުރަމުން ޔޫރީ ބުނީ، ރާއްޖޭގެ ޒުވާނުންނަށް ގައުމުގެ ރީތިކަން އެނގެންޖެހޭ ކަމަށާއި، ރާއްޖެއަކީ ކައިޓް ސާފިންގ ކުރިއެރުވޭނެ ތަނެއް ކަމަށެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ ޔޫރީ (ކ) އާއި ޑެޕިއުޓީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް މުހައްމަދު އަޒްމީލް (ކ) ބައްދަލުކުރަނީ

އެގޮތުން ޔޫރީ ބުނީ، ރާޅުގުޑި ހަރަކާތުގެ ސަބަބުން ރާއްޖޭގައި ކައިޓް ސާފިންގ އަށް ދިރުން ލިބިފައިވާ ކަމަށާއި، ވަރަށް ހުނަރުވެރި ކައިޓް ސާފަރުން ހަރަކާތުގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

ރާޅުގުޑި ހަރަކާތް ވެގެންދިޔައީ ވަރަށް ތަފާތު ތަޖުރިބާއަކަށް ކަމަށް ފާހަނގަކުރަމުން ޔޫރީ ބުނީ، ރަށްރަށުން ކީ ހޫނު މަރުހަބާ އޭނާއަށް ވެގެންދިޔައީ ވަރަށް އާ ކަންތައްތަކަށް ކަމަށެވެ.

ދަތުރުގައި ވައި ނުޖެހުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ހިސާބެއް އުނިކުރަން ޖެހުނު ނަމަވެސް ރާއްޖޭގެ ބޮޑު ބައެއް ކަވަރުވި ކަމަށް ޔޫރީ ވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނީ، ދެކުނުން އުތުރަށް 615 ކިލޯ މީޓަރު ދަތުރު ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން ޔޫރީ ބުނީ، އަންނަ އަހަރު މި ހަރަކާތް މިއަށްވުރެ ފުރިހަމަކޮށް ބޭއްވޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް