ކ. މާލެ
|
3 ޖުލައި 2019 | ބުދަ 18:31
ޑޭވިޑް ޑެހެއާ
ޑޭވިޑް ޑެހެއާ
ގޯލް.ކޮމް
ޑޭވިޑް ޑެހެއާ
ޔުނައިޓެޑުން ޑެހެއާއަށް އާ އެއްބަސްވުމެއް ހުށަހަޅައިފި
 
ޔުނައިޓެޑާއެކު ޑެހެއާ ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވޭ

މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ ކީޕަރ ޑެވިޑް ޑެހެއާއަށް އާ އެއްބަސްވުމެއް ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނިގިރޭސި މީޑިއާތަކުން ބުނީ، ޑެހެއާއަށް ހަފްތާއަކު 350،000 ޕައުންޑު ލިބޭގޮތަށް އާ އެއްބަސްވުމެއް ޔުނައިޓެޑުން ހުށަހަޅާފައިވާ ކަމަށާއި، އާ އެއްބަސްވުމާމެދު ޑެހެއާވެސް ހިތްހަމަ ޖެހޭ ކަމަށެވެ.

މި ސީޒަނަށްފަހު ޔުނައިޓެޑާއެކު ޑެހެއާ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ގިނަ ކްލަބްތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑްވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޓްލެޓިކޯ މެޑްރިޑުން ކެރިޔަރު ފެށި ޑެހެއާ ވަނީ އެޓީމަށް 84 މެޗު ކުޅެފަ އެވެ. އޭނާ އެ ކްލަބް ދޫކޮށްލުމަށް ފަހު ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 362 މެޗު ކުޅެފަ އެވެ.

އެޓްލެޓިކޯ މެޑްރިޑާއެކު ޔޫރޮޕާ ލީގު އަދި ޔޫއެފާ ސުޕާކަޕް ކާމިޔާބު ކޮށްފައިވާ ޑެހެއާ ވަނީ ޔުނައިޓެޑާއެކު ޕްރިމިއާ ލީގު، އެފްއޭކަޕް، ޔޫރޮޕާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިންފަހަރު ކާމިޔާބުކޮށްފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 39 މެޗު ކުޅެދީފައިވާ ޑެހެއާ ވަނީ އެޓީމާއެކު 17 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 21 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
67%
0%
0%
0%
0%
ކޮމެންޓް