ކ. މާލެ
|
3 ޖުލައި 2019 | ބުދަ 18:30
ޔާޔާ ޓޫރޭ
ޔާޔާ ޓޫރޭ
ޓްވިޓަރ
ޔާޔާ ޓޫރޭ
ޔާޔާ ޓޫރޭ ޗައިނާގެ ކްލަބަކަށް ބަދަލުވެއްޖެ
 
ޓޫރޭ ބަދަލުވީ ޗައިނާގެ ޗިންގްޑާއޯ ހުއާންހާއިއަށް

ކުރިން ބާސެލޯނާ އަދި މެންޗެސްޓާ ސިޓީއަށް ކުޅުނު ޔާޔާ ޓޫރޭ ޗައިނާގެ ޗިންގްޑާއޯ ހުއާންހާއިއަށް ބަދަލުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހަށްފަހު އެއްވެސް ކްލަބަކަށް ނުކުޅެ ހުރި ޓޫރޭ ހުއާންހާއިއަށް ބަދަލުވީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ.

ޓޫރޭ އެންމެ ފަހުން ކުޅެފައިވަނީ ގްރީސްގެ އޮލިމްޕިއާކޮސްއަށެވެ. ނަމަވެސް ތިން މަހަށްފަހު އެ ކްލަބުން ވަނީ އޭނާ ދޫކޮށްލައިފައެވެ. އަދި އޭނާ އެއަށްފަހު ކުޅުން ހުއްޓާލި ކަމަށްވެސް ރިޕޯޓްތައް ބުނިއެވެ.

އުމުރުން 18 އަހަރުގައި ޕްރެފެޝަނަލް ފުޓްބޯޅަ ބެލްޖިއަމްގެ ބެވްރެން އިން ފެށި ޓޫރޭ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން ހަތް ކްލަބަކަށް ކުޅެފައެވެ. ދެހާސް ހަތަރު ވަނަ އަހަރު އައިވަރި ކޯސްޓުގެ ގައުމީ ސްކޮޑްގައި ހިމެނި ޓޫރޭ ވަނީ އެ ޓީމަށް ތިން ވޯލްޑް ކަޕްގައި ކުޅެފައެވެ. އެއީ އެ ޓީމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ އިތުރުން 2014 ވަނަ އަހަރުއެވެ.

ޑިޑިއޭ ޑޮރްގްބާގެ އަށް ފަހު އައިވަރީ ކޯސްޓުގެ ކެޕްޓަން ކަން ޓޫރޭ ހަވާލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. ގައުމީ ޓީމަށް ކުޅުން އޭނާ ހުއްޓަލާފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓަމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް އޭނާ ވަނީ 20 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ޓޫރޭގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ގިނަ ދުވަސް ހޭދަކޮށްފައި ވަނީ މެންޗެސްޓާ ސިޓީގައެވެ. އެ ކްލަބުގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ޓޫރޭ ވަނީ އެ ކްލަބަށް ތިން ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ދެ ލީގުގެ އިތުރުން އެއް ކޮމިއުނިޓީ ޝީލްޑް ހޯދައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް