ކ. މާލެ
|
3 ޖުލައި 2019 | ބުދަ 18:29
ފިލިޕޭ ކުޓީނިއޯ
ފިލިޕޭ ކުޓީނިއޯ
ގެޓީ އިމޭޖަސް
ފިލިޕޭ ކުޓީނިއޯ
ޕީއެސްޖީއަށް ބަދަލުވާން ކުޓީނިއޯ އެއްބަސްވެއްޖެ
 
ކުޓީނިއޯއާ އެކު ބާސާ އިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވާން ބާސެލޯނާއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ ނޫސްތަކުން ބުނީ ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ކުޓީނިއޯ ހޯދުމަށް ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އޭނާ ޕީއެސްޖީއަށް ބަދަލުވާން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

ކުޓީނިއޯ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ އިތުރުން ޖަރުމަން އަދި އިޓަލީގެ ކްލަބްތައްވެސް ހިމެނެއެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވިދާޅުވީ، ކުޓީނިއޯއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ހުނަރު ކުރިޔަށް އޮތް ތަނުގައި ވެސް ކްލަބަށް ބޭނުންވާނެ ކަމަށެވެ.

ކުޓީނިއޯއާ އެކު ބާސާ އިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާ އިން ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އެ ކްލަބާ އެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 75 މެޗުގައި 21 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާ އެކު ލަލީގާ އާއި ސްޕެނިޝް ސުޕާކަޕް އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 53 މެޗުގައި 16 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
7%
33%
7%
7%
20%
27%
ކޮމެންޓް