ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 03:22
އެމްއެމްއޭ
އެމްއެމްއޭ
ގޫގުލް
އިގްތިސާދީ މުރާޖާ
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
 
ޑިސެމްބަރު މަހު ތަކެތީގެ އަގު ވަނީ 2.3 ފަސެންޓް މައްޗަށް ގޮސްފަ

މިއަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ތަކެތީގެ އަގު 2.9 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

ދައުލަތުގެ މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން އާއްމުކޮށްފައިވާ އިގްތިސާދީ މުރާޖާ ރިޕޯޓުގައިވާގޮތުން، އަހަރުން އަހަރަށް ބަލާ އިރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ ޚިދުމަތާ ތަކެތީގެ އަގު ވަނީ 2.3 ޕަސެންޓްގަ އެވެ.

އަދި ޖެނުއަރީ މަހު އެ އަދަދު ވަނީ 0.7 ޕަސެންޓް އިތުރުވެފަ އެވެ.

މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ކާޑާއި މަހުގެ ބާވަތްތަކުގެ އަގުތައް މައްޗައް ގޮސްފައިވުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މިއްދަތުގެ ތެރޭގައި ގޭގެ ކުލި އިތުރުވެފައި ވުމަކީވެސް އިންފްލޭޝަން ރޭޓް އިތުރުވުމުގެ ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މަހުން މަހަށް ބަލާއިރު 2016 ވަނަ އަހަރުގެ ޑިސެންބަރު މަހު އިންފްލޭޝަން ރޭޓް 0.3 ޕަސެންޓްގައި ހުރި ނަމަވެސް 2017 ވަނަ އަހަރު ޖެނުއަރީމަހު މި ރޭޓް ވަނީ 0.5 ޕަސެންޓަށް އިތުރުވެފަ އެވެ.

މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި މަހުގެ ބާވަތްތަކާއި ކަރަންޓު އަދި ސާނަވީ ތައުލީމުގެ އަގުތައް މައްޗައް ދިއުން ކަަމަށްވެސް އެމްއެމްއޭ އިން ބުނެ އެވެ.

މިދިއަ އަހަރުގެ ޑިސެމްބަރު މަހާ މިއަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ތަކެތީގެ އަގު މަތިވެފައިވަނީ ސަރުކާރުން ކާޑުގެ ބާވަތްތަކުން ނަގަމުންދިއަ ސަބްސިޑީ ކަނޑާލާފައިވަނިކޮށެވެ. މިކަމުގެ ސަބަބުން ނޮވެމްބަރު މަހުގެ ތަކެތީގެ އަގުތަށް މައްޗަށް ދިއުމަށް މަގުފަހިވެގެން ދިއަކަން އެމްއެމްއޭ އިން އޭރު ވަނީ ފާހަގަކޮށްފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް