ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 20:47
މާރޓިނެލީ އާސެނަލް އަށް ބަދަލުވީ ހަ މިލިއަން ޔޫރޯއަށް
މާރޓިނެލީ އާސެނަލް އަށް ބަދަލުވީ ހަ މިލިއަން ޔޫރޯއަށް
ގޯލް.ކޮމް
ގެބްރިއެލް މާރޓިނެލީ
އާސެނަލްއިން ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ މާރޓިނެލީގެ ސޮއި ހޯދައިފި
 
މާރޓިނެލީ ވަނީ އާސެނަލާއެކު ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފަ

އާސެނަލްއިން, ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް މާރޓިނެލީގެ ސޮއި ހޯދައިފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުން އާސެނަލްއިން މާރޓެނަލީއަށް ހަ މިލިއަން ޔޫރޯ ވަނީ ހޭދަ ކޮށްފައެވެ.

މާރޓެނަލީ ވަނީ އާސެނެލާއެކު ދިގު މުއްދަތެއްގެ ކޮންޓްރެކްޓްއެއްގައި ސޮއި ކޮށްފައެވެ.

މާރޓެނަލީ ވަނީ ކޮޕާ އެމެރިކާ ގައި ކުޅޭ ބްރެޒިލްގެ ސީނިއާރ ޓީމާއެކު ފަރިތަކުރުން ތަކުގައި ބައިވެރިވެފައެވެ.

މާރޓެނަލީ ދިން ބަޔާނުގައި އޭނާ ވަނީ ޔޫރަޕްގެ ބޮޑު ޓީމަކަށް ކުޅުމަކީ އޭނާ އަދި އޭނާގެ އާއިލާގެ ހުވަފެނެއް ކަމަށާއި އާސެނަލުން ފުރުސަތު ލިބުމުން ފުރުސަތުގެ ބޭނުން ހިފާނެކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އޭނާ އަކީ ހުރިހާ ވަގުތެއް ފުޓުބޯޅައަށް ހޭދަ ކުރާ ކުޅުންތެރިޔެއް ކަމަށާއި އާސެނަލުގައި ގިނަ ތަށިތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

އާސެނަލުން ވަނީ މާރޓެނަލީ ގެ ސޮއި ހޯދިކަން ކަށަވަރު ކޮށްދީފައެވެ.

މާރޓެނަލީ ބުނީ އޭނާގެ "ރޯލް މޮޑެލް" އަކީ ޕޯޗުގަލްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ކަމަށާއި ރޮނާލްޑޯއަކީ އޭނާގެ ބުރަ މަސައްކަތުން ކާމިޔާބު ހޯދާ ކުޅުންތެރިޔެއް ކަމަށެވެ. އަދި މާރޓެނެލީ ބުނީ ރޮނާލްޑޯ، މެސީ އަދި ނޭމާ އަކީ ކޮންމެ ވަގުތަކުވެސް މެޗެއްގެ ނަތީޖާ ބަދަލު ކޮށްލެވޭނެ ފަދަ ކުޅުންތެރިންކަން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
57%
0%
0%
43%
0%
ކޮމެންޓް