ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 20:44
ރާޅުގުޑީގެ ޓީމު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހާ އެކު
ރާޅުގުޑީގެ ޓީމު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހާ އެކު
އައްޑޫ ސިޓީ ކައުންސިލް
ރާޅުގުޑި
ރާޅުގުޑީގެ ދަތުރު ތުރާކުނަށް ނިންމާލައިފި
 
ރަށް ތަކުން ކީ ހޫނު މަރުހަބާ އަށް ސުކުރު އަދާކުރި
 
ވައިނުޖެހުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހުނު

ރާޅުގުޑީގެ ޓީމު ފެށި ދަތުރު ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނަށް ނިންމާލައިފި އެވެ.

ރާޅުގުޑީގެ ޓީމަށް ތުރާކުނަށް ދެވުނީ އަންގާރަ ދުވަހުގެ ހަވީރެވެ.

ގަދަ ވަޔާއި ވިއްސާރައިގައި ހަތަރު ކައިޓް ސާފަރުން ކުރި މިދަތުރުގައި، އެ ކައިޓް ސާފަރުންނަށް ކުރެވުނު އިހުސާސްތައް ވަރަށް ތަފާތެވެ.

އައްޑޫ ސިޓީން ޖޫން މަހު 19 ވަނަ ދުވަހު ފެށި މި ދަތުރުގައި ކައިޓް ސާފަރުންނަށް ވަނީ ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތި ލާން ޖެހިފައެވެ. އެގޮތުން ވައި ނުޖެހުމުގެ ސަބަބުން ކައިޓް ސާފަރުންނަށް ޖެހުނީ ބައެއް އަތޮޅުތަށް ދޫކޮށްލާން ޖެހިފައެވެ. އެގޮތުން އައްޑޫއިން މިދަތުރު ފަށާގޮތަށް އޮތް ނަމަވެސް ދަތުރު ފެށުނީ މ. އަތޮޅުންނެވެ. މ. އަތޮޅުން ފެށިގެން ކައިޓް ސާފަރުން އެކި ރަށްރަކަށް މަޑު ކުރަމުން އައިސް މިހާރު މިވަނީ ދަތުރުގެ އެންމެ ފަހު މަންޒިލް ކަމަށް ވާ ހއ ތުރާކުނަށް އާދެވިފައެވެ.

އަންގާރަ ދުވަހު ހަވީރު ހއ. ތުރާކުނުން ދަތުރުގެ ބައިވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ކައިޓް ސާފިންގެ ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފައިވާ ޔޯރީޒޫން ވަނީ ރާޅުގުޑީގެ އިވެންޓް ކާމިޔާބު ކަމާއެކު ނިންމައިލަން އެހީތެރިވެދިން އެންމެނަށް ސުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ޔޫރީ ބުނީ މިއީ ތަފާތު ތަޖުރިބާ އެއްކަމަށާއި ދިވެހި ރާއްޖޭގެ އެންމެން އޭނާ އަށް ދިން ތަރުހީބަށް ސުކުރުއަދާ ކުރާ ކަމަށެވެ.

މި ދަތުރުގެމ ބައިވެރިއެއް ކަމުގައިވާ އާސިމް މުހަންމަދު (ސިމްބެ) ބުނީ ތުރާކުނުން ދިން ހޫނު މަރުހަބާ އަށް ރާޅުގުޑީގެ ޓީމުގެ ފަރާތުން ސުކުރު އަދާ ކުރާ ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށަކުން ދިން އެއްބާރުލުމަށް ސުކުރު އަދާ ކުރާ ކަމަށެވެ. މީގެއިތުން ސިމްބެ ވަނީ ރާޅުގުޑީގެ ސުޕޮންސަރުންނަށްވެސް ސުކުރުއަދާ ކޮށްފައެވެ. އަދި އޭނާ ވަނީ ސަރުކާރުން ދެއްވި އެއްބާރުލުމަށްވެސް ސުކުރު އަދާ ކޮށްފައެވެ.

ދެކުނުން އުތުރަށް ކުރާ މި ދަތުރުގައި ބައިވެރިވާ ހަތަރު ކައިޓް ސާފަރުންނަކީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) އާއި އާސިމް މުހައްމަދު ފުޅު (ސިމްބެ) އަދި އަބްދުﷲ ތަސްލީމް (ޑެލިއޯ) ގެ އިތުރުން ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީޒޫންއެވެ.

ރާޅުގުޑި އިވެންޓު އިންތިޒާމު ކުރަނީ މާފުށި ޑައިވް، ސްލޯޓޭޕް، ޔޫތު މިނިސްޓްރީ އަދި ޕާލޭ މޯލްޑިވްސްއެވެ.

މި އިވެންޓު ބޭއްވުމުގެ މައިގަނޑު އެއް ސަބަބަކީ ތިމާވެއްޓަށް ހޭލުންތެރި ކުރުވުމެވެ. ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު އެއް ބަޔަކީ ރާއްޖޭގެ ތިމާވެއްޓެވެ. ހާއްސަކޮށް ކަނޑުގެ ތިމާވެއްޓެވެ.

އެހެންވެ ކަނޑުތައް ހަޑިވާން މެދުވެރިވާ ކުނީގެ މައްސަލައާ މެދު މީހުންގެ ހޭލުންތެރި ކުރުވުމަކީ ވެސް މި އިވެންޓު ބޭއްވުމުގެ އެއް ސަބަބެވެ. އެކަމަށްޓަކައި ސަރުކާރުގެކަމާއި ބެހޭ އިދާރާތަކުން ވެސް މި އިވެންޓުގައި ބައިވެރިވާނެ އެވެ. މި އިވެންޓުގެ ސަބަބުން ޒުވާނުންނަށް ފުރުސަތު ތަކެއް ހުޅުވިގެންދާނެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް