ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 18:46
ޖެކް ކުލާރކް
ޖެކް ކުލާރކް
ބީބީސީ
ޓޮޓެންހަމް
ޓޮޓެންހެމް އިން ކުލާރކްގެ ސޮއި ހޯދާ، އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން ލީޑްސް ޔުނައިޓެޑައް
 
ޒުވާން ކުޅުން ތެރިޔާ ޖެކް ކުލާރކް ވަނީ ޓޮޓެންހަމާއެކު ހަތަރު އަހަރުގެ އެއްބަސް ވުމެއްގައި ސޮއިކޮށްފައި

ޓޮޓެންހަމުން ލީޑް ޔުނައިޓެޑްގެ ކުލާރކްގެ ސޮއި ހޯދުމަށްފަހު، އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން ލީޑް ޔުނައިޓެޑްއަށް ދޫކޮށްލައިފި އެވެ.

އުމުރުން 18 އަހަރުގެ ކުލާރކްގެ ސޮއި ލޯނު އެއްބަސް ވުމެއްގެ ދަށުން ލީޑްސް ޔުނައިޓެޑް އިން ހޯދިއިރު، އޭނާ ވަނީ ޓޮޓެންހަމް އާއެކު ހަތަރު އަހަރުގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ.

މިކަން ލީޑްސް ޔުނައިޓެޑް އިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ކުލާރކްގެ ޓްރާންސްފާރ ފީ އެއްގެ ގޮތުގައި ޓޮޓެންހަމް އިން 10 މިލިޔަން ޔޫރޯ ހޭދަކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުލާރކްގެ ބަޔާނުގައި އޭނާ ބުނީ ޓޮޓެންހަމް އާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ގައި ސޮއި ކުރުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، ލީޑްސް އާއެކު މޮޅު ކުޅުމެއް ދައްކާ ކެރިޔަރުގައި އިތުރު ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ކުލާރކް ވަނީ ވެސްޓް ޔޯރކާސް އާއެކު 25 މެޗުކުޅެ، އެޓީމު ޗެމްޕިއަންޝިޕް ސެމީ ފައިނާލާއި ހިސާބަށް ގެން ގޮސް ދިނުމުގައި އެހީތެރި ވެދީފައެވެ.

ލީޑްސް ޔުނައިޓެޑުން ވަނީ އޭނާ ޓޮޓެންހަމާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމާއި އޭނާ ލޯނު އެއްބަސް ވުމެއްގެ ދަށުން ލީޑްސްއަށް ބަދަލުވި ކަން ކަށަވަރު ކޮށްދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް