ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 22:53
ގޮންޒާލޯ ހިގުއެން
ގޮންޒާލޯ ހިގުއެން
ގެޓީ އިމޭޖަސް
ގޮންޒާލޯ ހިގުއެން
ޗެލްސީން އެއްބަސްވުން އާނުކުރުމުން، ހިގުއެން އެނބުރި ޔުވެންޓަސްއަށް!
 
ޗެލްސީއަށް ހިގުއެން ގެނައީ ޔުވެންޓަސްގެ މިހާރުގެ ކޯޗު މައުރީޒިއޯ ސާރީ

ޗެލްސީން އެއްބަސްވުން އާނުކުރުމުން، އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއެން އެނބުރި ޔުވެންޓަސްއަށް ބަދަލުވެއްޖެއެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނަށް ހިގުއެން ޗެލްސީއަށް ބަދަލުވެފައިވާއިރު، އޭނާގެ އެއްބަސްވުން ވަނީ ހަމަވެފައެވެ. އެގޮތުން އޭނާ ވަނީ މިހާރު ޔުވެންޓަސްއަށް ބަދަލުވެފައެވެ.

ޗެލްސީއާއެކު ހިގުއެން ހެދި އެއްބަސްވުމުގެ ދަށުން އޭނާގެ އެއްބަސްވުން ހަމަވުމުން، އިތުރަށް 18 މިލިއަން ޔޫރޯ ދެއްކުމަށްފަހު ކްލަބުގައި 12 މަހަށް ބެހެއްޓޭނެއެވެ. އަދި 36 މިލިއަން ޔޫރޯ ޔުވެންޓަސްއަށް ދިނުމަށްފަހު ދާއިމީ ގޮތެއްގައި އޭނާ ކްލަބުގައި ބެހެއްޓުމުގެ އިހުތިޔާރުވެސް ޗެލްސީއަށް އޮތެވެ.

ޗެލްސީއަށް ހިގުއެން ގެނައީ އެޓީމުގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީއެވެ. ނަމަވެސް ސާރީ މިހާރު ވަނީ ޔުވެންޓަސްއަށް ބަދަލުވެފައެވެ.

ރިވާ ޕްލޭޓުން 2004 ވަނަ އަހަރު ކެރިޔަރު ފެށި ހިގުއެން ވަނީ އެ ކްލަބަށް 41 މެޗު ކުޅެ، 15 ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު އޭނާ ބަދަލުވީ 2006 ވަނަ އަހަރުގެ ސީޒަނުގައި ރެއާލްއަށެވެ.

އޭނާ ވަނީ ރެއާލްއަށް ކުޅުނު 264 މެޗުގައި 121 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ރެއާލްއާއެކު ހިގުއެން ވަނީ ތިން ލަލީގާ، އެއް ކޮޕާޑެލްރޭ އަދި ދެ ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށް ހިގުއެން ދެން ގުޅުނީ 2013 ވަނަ އަހަރުގެ ސީޒަނުގައި ނަޕޯލީއާ އެވެ. އޭނާ ވަނީ ނަޕޯލީއަށް ކުޅުނު 146 މެޗުގައި 91 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ކޮޕާ އިޓަލިއާ އަދި އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ހިގުއެން ވަނީ 2016 ވަނަ އަހަރުގެ ސީޒަނުގައި ޔުވަންޓަސްއަށް ބަދަލުވެ އެޓީމަށް ކުޅުނު 105 މެޗުގައި 55 ލަނޑު ކާމިޔާބުކޮށް، ދެ ލީގު ތަށި އަދި ދެ ކޮޕާ އިޓަލިއާ ކާމިޔާބުކޮށްފައެވެ.

ޗެލްސީގައި ހިގުއެން ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެޓީމަށް ކުޅުނު 18 މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އޭސީ މިލާނަށް ލޯނެއްގެ ދަށުން 22 މެޗު ކުޅެ، 8 ލަނޑު ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާއާއެކު 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ހޯދި ހިގުއެން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 75 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
0%
0%
29%
0%
57%
ކޮމެންޓް