ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 11:34
ރިހި މެޑައްޔާއެކު ކުރިކެޓް ޓީމު ރާއްޖެ އައުން
ރިހި މެޑައްޔާއެކު ކުރިކެޓް ޓީމު ރާއްޖެ އައުން
ޝުއައިބް މުހައްމަދު އިގްބާލް
ޓްރައި ސީރީޒް 2019
ޓްރައި ސީރީޒް 2019: ރިހި މެޑައްޔާއެކު، ގައުމީ ޓީމު ރާއްޖެ އަށް
 
މި މުބާރާތުގެ ދެވަނަ ރާއްޖެ އަށް ލިބުނީ ތިން ޕޮއިންޓާއެކު

މެލޭޝިޔާގައި ކުރިޔަށް ދިޔަ މެލޭޝިޔާ ޓީ 20 ޓްރައި ސީރީޒް އިން ދެވަނަ ހޯދާ ގައުމީ ކްރިކެޓް ޓީމު ރިހި މެޑައްޔާއެކު، ރާއްޖެ އަތުވެއްޖެއެވެ.

މި މުބާރާތުގެ ދެވަނަ ރާއްޖެ އަށް ލިބުނީ 3 ޕޮއިންޓާއި އެކުއެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން މެލޭޝިޔާ އަދި ތައިލޭންޑް ބައިވެރިވެފައިވެއެވެ.

ރާއްޖެއިންވަނީ އައިސީސީގެ ރޭންކިންގައި ރާއްޖެ އަށް ވުރެ، ކުރީގައި އޮތް ތައިލޭންޑް ބަލި ކޮށްފައެވެ. މިއީ އައިސީސީގެ ގުލޯބަލް ރޭންކިންގް މުބާރާތަކުން ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

މި މުބާރާތުގައި ހާފް ސެންޗަރީއެއް ހެދި ގައުމީ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔާ އާދަމް ނާސިފް އުމަރު ބުނީ މިއީ ވަރަށް ދުވަހު ކުރި މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، މުބާރާތަށް ދިޔައީ ރަން މެޑައްޔަށް ޓާގެޓް ކޮށްގެން ކަމަށާއި ނަމަވެސް ރިހި މެޑަލް ލިބުމުން ވެސް އުފާވާ ކަމަށެވެ. މީގެ އިތުރުން ނާސިފް ބުނީ ރާއްޖެ ދެއްކި ޕާފޯމެންސާއެކު ޓީމު ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ގައުމީ ޓީމުގެ ކެޕްޓަން މުހަންމަދު މަހުފޫޒް ބުނީ މި މުބާރާތުން މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ކާމިޔާބީ އަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ލިބުނު ކާމިޔާބީ އެއް ކަމަށެވެ.

ކުރިކެޓް ބޯޑްގެ ރައީސް އަފްލާހް ބުނީ ގައުމީ ޓީމަށް ލިބޭ ކާމިޔާބީ އަކީ ކްރިކެޓް އަށް ލިބޭ ކާމިޔާބީއެއް ކަމަށާއި މި ދެ އަހަރު ދުވަހުން ރާއްޖޭގެ ކްރިކެޓްއަށް ވަރަށް ބޮޑު ކުރިއެރުމެށް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން އަފްލާހް ބުނީ މެލޭޝިޔާ އަދި ތައިލޭންޑް އިން ބޭނުންވީ ރާއްޖެއާއި ކުޅެގެން ރޭންކިންގް ގައި އެ ޓީމުތައް ކުރިއަށް ޖެހިލާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު