ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 05:24
ކޮސްޓަސް މަނޮލެސް
ކޮސްޓަސް މަނޮލެސް
ގެޓީ އިމޭޖަސް
ކޮސްޓަސް މަނޮލެސް
ރޯމާ ދޫކޮށް މަނޮލެސް ނަޕޯލީއަށް ބަދަލުވެއްޖެ
 
މަނޮލެސް ނަޕޯލީއަށް ބަދަލުވީ 36 މިލިއަން ޔޫރޯއަށް

ރޯމާއަށް ކުޅެމުން އައި ގްރީސްގެ ޑިފެންޑަރ ކޮސްޓަސް މަނޮލެސް އެ ކްލަބް ދޫކޮށް، ނަޕޯލީއަށް ބަދަލުވެއްޖެއެވެ.

މަނޮލެސް ނަޕޯލީއަށް ބަދަލުވިކަން ރޯމާއިން ކަށަވަރުކޮށް ދީފައިވާއިރު، އެ ކްލަބުން ބުނީ އޭނާ ވިއްކާލީ 36 މިލިއަން ޔޫރޯގެ އަގަކަށް ކަމަށެވެ.

ރޯމާއިން ވަނީ ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި މަނޮލެސް އެ ކްލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ.

މި ޓްރާންސްފާގައި މަނޮލެސް ހޯދުމަށް ނަޕޯލީގެ އިތުރުން ސްޕެއިންގެ ކްލަބްތަކުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އަދި ޕްރިމިއާ ލީގު ކްލަބްތަކުންވެސް އޭނާއަށް ފާރަލިއެވެ.

އުމުރުން 28 އަހަރުގެ މަނޮލެސް ރޯމާއަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 206 މެޗުގައި ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ.

ގްރީސްގެ ކްލަބްތަކަށްވެސް ކުޅެފައިވާ މަނޮލެސް ވަނީ އޮލިމްޕިއާކޮސްއާއެކު ދެ ލީގު ތަށި، ގްރީކް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެތެންސްއާއެކު ވެސް ގްރީކް ކަޕް ކާމިޔާބުކޮށްފައެވެ.

ގްރީސް ގައުމީ ޓީމަށް މިހާތަނަށް 40 މެޗު ކުޅެފައިވާ މަނޮލެސް ވަނީ ގްރީސްގެ 21 އަހަރުން ދަށުގެ ޓީމަށް ފަސް މެޗު ކުޅެފައެވެ. އަދި ޔުއެފާއިން މިދިޔަ އަހަރު ހޮވި އެންމެ މޮޅު ޔޫރަޕް ކުޅުންތެރިން ތެރޭގައިވެސް އޭނާ ވަނީ ހިމެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް